Advertisement
ކ. މާލެ
|
12 އޯގަސްޓް 2024 | ހޯމަ 15:14
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް
ރާއްޖެއެމްވީ
ޒުވާނުންގެ ދުވަސް
އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ކަންކަން ޒުވާނުންނަށްވެސް ފަހިވެފައި އޮންނަންޖެހޭ: އާޒިމް
މޭޔަރު ވަނީ ޒުވާނުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ފޮނުއްވަވާފައި
މޭޔަރު ވަނީ ޒުވާނުން ބާރުވެރި ކުރުވުމަށް އެ ރޮނގުން ކުރެވޭ މަސައްކަތްތައްވެސް ފުޅާ ކުރަންޖެހޭކަމަށް ވިދާޅުވެފައި

އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ކަންކަން ޒުވާނުންނަށްވެސް ފަހިވެފައި އޮންނަންޖެހޭކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައި މޭޔަރު ވިދާޅުވީ، ޒުވާނުންނަކީ ޤައުމުގެ މުސްތަޤުބަލު ބިނާ ކުރުމުގެ މުހިއްމު ބައިވެރިންތަކެއް ކަމަށެވެ. ވަކިން ޚާއްސަކޮށް ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލު ކުރުމުގައި ޒުވާނުންގެ ބައިވެރިވުން މުހިއްމުކަން މޭޔަރު ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، މިއަދު ތަޖުރިބާކުރަމުންދާ ޑިމޮކްރަސީއާއި، ލާމަރުކަޒީ ނިޒާމަކީވެސް ޒުވާނުންގެ ޙަރަކާތްތަކާއި ބައިވެރިވުން ހިމެނިގެން ޙާސިލު ކުރެވިފައިވާ ނަތީޖާތަކެއްކަމަށް މޭޔަރު ވިދާޅުވިއެވެ.

ވަކިން ޚާއްސަކޮށް، ޚިދުމަތްތައް ޑިޖިޓަލްވަމުންދާ މި ޒަމާނުގައި ޒުވާނުންގެ ބައިވެރިވުން އިތުރަށް މުހިއްމުވެފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ. އޭގެ އެއް ބޭނުމަކީ އާ އީޖާދީ ވިސްނުންތަކާއި އުފެއްދުންތައް ބިނާ ކުރުންކަން މޭޔަރު ފާހަގަ ކުރެއްވިއެވެ.

Advertisement

މޭޔަރު ވަނީ ޒުވާނުން ބާރުވެރި ކުރުވުމަށް އެ ރޮނގުން ކުރެވޭ މަސައްކަތްތައްވެސް ފުޅާ ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.

އަދި، އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ކަންކަން ޒުވާނުންނަށްވެސް ފަހިވެފައި އޮންނަންޖެހޭކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވަނީ ޒުވާނުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ފޮނުއްވަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް