Advertisement
ކ. މާލެ
|
10 ސެޕްޓެންބަރ 2024 | އަންގާރަ 14:31
ޓްރާންޕޯޓް މިނިސްޓްރީގެ ސިވިލް ސަރވިސް މުވައްޒަފުން
ޓްރާންޕޯޓް މިނިސްޓްރީގެ ސިވިލް ސަރވިސް މުވައްޒަފުން
މިހާރު
ސިވިލް ސާވިސް ވަޒީފާ
ސިވިލް ސާވިސް ވަޒީފާ ޕާޓްޓައިމް ކޮށް އަދާ ކުރެވޭ ގޮތް ހަދައިފި
މުސާރަ ކަނޑައަޅާނީ ދައުލަތުގެ ޕޭ ފްރޭމްވޯކް މިންގަނޑުތަކުން
ދުވާލަކު މަސައްކަތް ކުރަން ޖެހޭނީ 4 ގަޑިއިރު
މުސްކުޅި ކޮށްފައިވާ ފަރާތްތަކަށް ނުވުމާއި، އުމުރުން 60 އަހަރަށް ވުރެ ދޮށީ މީހަކަށް ނުވުން ޝަރުތު ކޮށްފައިވޭ

ދާއިމީ ވަޒީފާ އަށް ނުކުތުމަށް އުޒުރުވެރިވާ ފަރާތްތަކަށް ފަންނީ އަދި އިދާރީ ދާއިރާގައި ޕާޓް ޓައިމްކޮށް މަސައްކަތް ކުރެވޭ ގޮތަށް ހަމަޖައްސާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އުސޫލެއް އެކުލަވާލައިފިއެވެ.

މިއީ ޚިދުމަތުން ދުރައްދާން ޖެހިފައިވާ ފަރާތްތައް އަނބުރާ ޚިދުމަތަށް ގެނައުމަށް މަގު ތަނަވަސްކޮށް ދިނުމުގެ ގޮތުން އެކަށައަޅާފައިވާ ޚާއްސަ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ހަމަޖެއްސި އިންތިޒާމެއް ކަމަށް ސީއެސްސީ އިން ބުނެފައިވެއެވެ.

މި ގޮތުން ޚިދުމަތައް ނުކުންނަން ބޭނުންވާ ފަރާތްތަކުން ދަފްތަރުގައި ރަޖިސްޓަރީ ވުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ވަނީ ސެޕްޓެމްބަރ މަހުގެ 8 ވަނަ ދުވަހު ފުރުސަތު ހުޅުވާލާފައެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މަޢުލޫމާތު ދީފައިވާ ގޮތުގައި، "ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން ޚިދުމަތަށް ނެރުމުގެ އުޞޫލު 2024" މިހާރު ވަނީ އެ ކޮމިޝަންގެ ވެބްސައިޓްގައި ޝާއިޢު ކޮށްފައެވެ.

Advertisement

މި އުސޫލުގެ ދަށުން ވަޒީފާ އަށް ނުކުންނަ މީހުންނަށް މުސާރަ ކަނޑައަޅާނީ ދައުލަތުގެ ޕޭ ފްރޭމްވޯކް މިންގަނޑުތަކުން ކަމަށާއި އަދި ދުވާލަކު މަސައްކަތް ކުރަން ޖެހޭނީ 4 ގަޑިއިރު ކަމަށް ކޮމިޝަނުން ބުނެފައި ވެއެވެ.

މި ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކަކީ މުސްކުޅި ކޮށްފައިވާ ފަރާތްތަކަށް ނުވުމާއި، އުމުރުން 60 އަހަރަށް ވުރެ ދޮށީ މީހަކަށް ނުވުން ޝަރުތު ކޮށްފައިވެއެވެ.

ހިންގުމުގެ އިސް އިސް ފަންތީގެ ވަޒީފާތަކަށާއި ފްރަންޓް އޮފީސް މަސައްކަތްތަކަށް މި އުސޫލުގެ ދަށުން މީހުންނަށް ވަޒީފާ ހަމަ ނުޖެއްސޭނެ ކަމަށްވެސް ސީއެސްސީ ގެ އުސޫލުގައި ވެއެވެ.

މި އުސޫލުގެ ދަށުން ވަޒީފާ އަށް މީހުން ނެގުމުގައި ދާއިމީ ވަޒީފާއަށް މީހަކު ހަމަޖައްސަން ނުލިބިއްޖެނަމަ، ދަފްތަރުގައި ރަޖިސްޓަރީ ވުމަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލައި، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގައި އަމަލު ކުރާ އުސޫލުން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތެއް އެ ވަޒީފާއަކަށް ހަމަޖައްސާ ގޮތަށް ސީއެސްސީގެ އުސޫލުގައި ވަނީ ކަނޑައަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް