Advertisement
ކ. މާލެ
|
10 ސެޕްޓެންބަރ 2024 | އަންގާރަ 06:44
ރައީސް ޑރ. މުހައްމަދު މުއިއްޒު "ސަމިޓް އޮފް ދަ ފިއުޗަރ ސައިޑް އިވެންޓް: އަ ވިޝަން ފޯ އެން އިންޓެލިޖެންސް ޑްރިވަން ފިއުޗަރ ފޯ މޯލްޑިވްސް" ގައި ވާހަކަފުޅުދައްކަވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު "ސަމިޓް އޮފް ދަ ފިއުޗަރ ސައިޑް އިވެންޓް: އަ ވިޝަން ފޯ އެން އިންޓެލިޖެންސް ޑްރިވަން ފިއުޗަރ ފޯ މޯލްޑިވްސް" ގައި ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
މަޝްރޫއަށް ފައިސާގެ ދަތި
ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަަލައަކީ މަޝްރޫއަށް ފައިސާ ހޯދުމުގެ ދަތިކަން - ރައީސް
ޑިޖިޓަލައިޒޭޝަންގެ އެހީގައި ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރެވޭނެ
މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވީ މަޝްރޫއުތަކަށް ފައިސާ ނުލިބޭތީ
ޚަބަރުގެ އޯޑިއޯ

ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަަލައަކީ މަޝްރޫއަށް ފައިސާ ހޯދުމުގެ ދަތިކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ސަމިޓް އޮފް ދަ ފިއުޗަރ ސައިޑް އިވެންޓް: އަ ވިޝަން ފޯ އެން އިންޓެލިޖެންސް ޑްރިވަން ފިއުޗަރ ފޯ މޯލްޑިވްސް" ގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަަލައަކީ މަޝްރޫއަށް ފައިސާ ހޯދުމުގެ ދަތިކަންކަމަށާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވީ އެ ބޭނުންފުޅުގައި ކަމަށެވެ. އަދި މި ބޭންކް ވެގެންދާނީ ޑިޖިޓަލް އިނޮވޭޝަން، ދެމެހެއްޓެނިވި ތަރައްގީ، އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީގެ މަޝްރޫއުތަކަށް ފައިނޭންސްކުރާ ބޭންކެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ޑިޖިޓަލައިޒޭޝަންގެ ދައުރަކީ ހަމައެކަނި އިގްތިސާދީ ފައިދާ ހޯދުން ނޫންކަމަށާއި އޭގެތެރޭގައި ރައްޔިތުންގެ އާންމު ދިރިއުޅުން ފަސޭހަވެގެން ދިޔުންވެސް ހިމެނޭ ކަމަށެވެ. އަދި، ރައްޔިތުން އެފަދަ މާހައުލަކަށް ބާރުވެރިކުރުވާ، އޭގެ ސަބަބުން ކުރިމަގުގައި ޑިޖިޓަލް ސެކްޓަރުގައި ހަރަކާތްތެރިވާ ކްރިއޭޓަރުންނާއި އިނޮވޭޓަރުން އުފެއްދޭނެ މާހައުލެއް ގާއިމްވެގެން ދިޔުމަކީވެސް ޑިޖިޓަލައިޒޭޝަންގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

އެގޮތުން ޑިޖިޓަލް މޯލްޑިވްސް ފަދަ ޕްރޮގްރާމްތަކުގެ ޒަރީއާއިން، ޒުވާނުންނަށް ބޭނުންވާ އެކި ހުނަރު ދަސްކޮށްދީ، ޑިޖިޓަލް އިގްތިޞާދެއްގައި ކާމިޔާބީ ހޯދުމަށް އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށާއި ފަރަގުކުރުމެއްނެތި، އެ ފުރުސަތުތައް ކަނބަލުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުދާކަމުގައި ރައީސް ވިދާޅުވިއެވެ.

ޑިޖިޓަލައިޒޭޝަންގެ އެހީގައި ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމުގައި "އަރލީ ވޯނިންގް ސިސްޓަމާއި" "ސްމާޓް" ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ވިލުންވެރި އަދި ދެމެހެއްޓެނިވި ކުރިމަގެއް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާކަމަށެވެ.

ޑިޖިޓަލައިޒޭޝަންގެ ފައިދާތަކުގެ އިތުރަށް އޭގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ، މި ގޮންޖެހުންތަކަށް އެކަށީގެންވާ ހައްލު ހޯދުމަށް ބައިނަލްއަގުވާމީ ގުޅުންތައް މުހިންމުކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް