Advertisement
ކ. މާލެ
|
8 ސެޕްޓެންބަރ 2024 | އާދީއްތަ 23:27
ފަލަސުރުހީ ޕްރޮގްރާމްގައި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އަބްދުﷲ ވާހަކަދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އަބްދުﷲ ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
މިސަރުކާރުން ރައްޔިތުން ނިކަމެތިކުރުން
މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ އާއްމު ރައްޔިތުން ނިކަމެތިވާ ގޮތަށް: އަހުމަދު އަބްދުﷲ
ރައީސް މުއިއްޒު ރައްޔިތުންނަށް ހެއްދެވި ދޮގުތަކުގެ އަސަރު މުޅި ގައުމުން ދަނީ ފެންނަމުން
މި ސަރުކާރުގެ ނޭއްގަނީ ސިޔާސަތުގެ ސަބަބުން ރައްޔިތުން ދަނީ ގިނަ ތަކުލީފުތަކެއް އުފުލަމުން
ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށްވެ، ލިބޭ އާމްދަނީ ދެކޮޅު ނުޖެހޭ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ އާއްމު ރައްޔިތުން ނިކަމެތިވާ ގޮތަށް ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން މާލީކަން ވެސް ކުރައްވާ އަހުމަދު އަބްދުﷲ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ރައްޔިތުންނަށް ހެއްދެވި ދޮގުތަކުގެ އަސަރު މުޅި ގައުމުން ފެންނަމުންދާ ކަމަށެވެ. އަދި ރައްޔިތުންނަށް އޮޅުވާލި އޮޅުވާލުންތަކުގެ ހަގީގަތް ހާމަވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ވޯޓު ދެވުމުން އެކަމާއި ގިނަ ރައްޔިތުން ދެރަވާކަން ފާހަގަކުރައްވައި އަހުމަދު އަބްދުﷲ ވިދާޅުވީ ރައްޔިތުންނަށް ވީ އެއްވެސް ވައުދުފުޅެއް ނުފުއްދަވާ ކަމަށާއި، އަމަލުކުރަމުންދަނީ ދިމާ އިދިކޮޅަށް ކަމަށެވެ. ރައްޔިތުން ތިބީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

ނަތީޖާއެއް ގޮތުން ސަރުކާރު މިދަނީ އެއްވެސް މިސްރާބެއް ނެތި ރައްޔިތުންގެ އިތުބާރެއް ވެސް މިސަރުކާރަށް ނެތި އަދި މިސަރުކާރުގެ އެއްވެސް އަމާޒެއް މިސްރާބެއް ނެތި ރައްޔިތުންނަށް ދޭނެ ޚިދުމަތެއް ނެތި ހަމައެކަނި ސިޔާސީ މަގާމުތަކަކަށް މީހުން ލުމާއި އެމަގާމުތަކުގައި ތިބި މީހުންނަށް މުސާރަ ދިނުން ފިޔަވައި އިތުރު އެއްވެސް ކަމެއް މިދިޔަ 9 މަސް ދުވަހު ނުކުރެވި މިސަރުކާރު މިދަނީ. މީގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް މިވަނީ މާލީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން ވަރަށް ބޮޑެތި ގެއްލުންތައް ދިމާވެ ވަރަށް ނިކަމެތި ގޮތްތައް މެދުވެރިވާން ފަށާފައި.
ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އަބްދުﷲ

އަހުމަދު އަބްދުﷲ ވިދާޅުވީ މިސަރުކާރުގެ ނޭއްގަނީ ސިޔާސަތު ނުވަތަ ނޭގުމުގެ ތެރޭގައި ކަންކަން ކުރަމުގެ ނަތީޖާއެއް ގޮތުން ރައްޔިތުން ގިނަ ތަކުލީފުތަކެއް އުފުލަންޖެހިފައިވާ ކަމަށެވެ. ގައުމު ހިންގަން ނޭނގި ރާއްޖޭގެ އިގްތިސާދު ބޮޑު އަދަވަޅަކަށް ވައްޓާލައި، ރައްޔިތުންނަށް ކަންކަން އަދިވެސް އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

އަހުމަދު އަބްދުﷲ ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށްވެ، ލިބޭ އާމްދަނީ ދެކޮޅު ނުޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށާއި، ލިބޭ އާމްދަނީ ދެކޮޅު ނުޖެއްސޭ ކަމަށެވެ. މިއަދު ބާޒާރުމަތީގެ ހުރިހާ ތަކެއްޗެއްގެ އަގު ބޮޑުވެފައިވާ ކަމަށާއި، ފެނާއި، ކަރަންޓުގެ ބިލް ދެގުނަ ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ދިރިއުޅުމުގެ ހުރިހާ ހަރަދެއް އިންތިހާއަށް ބޮޑުވެގެންދާއިރު، ރައްޔިތުންނަށް ދޭންޖެހޭ ފައިސާއާއި ޚިދުމަތް ސަރުކާރަށް ނުދެވޭ ކަމަށެވެ. އެހެންކަމުން މިސަރުކާރުން ރައްޔިތުންނަށް ތަކުލީފު ޖައްސާފައިވާ ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް