ކ. މާލެ
|
8 ސެޕްޓެންބަރ 2024 | އާދީއްތަ 21:10
އެމްޕޮކްސްގެ ވޭރިއެންޓްތަކުގެ ތެރޭގައި ދުނިޔޭގައި އެންމެ ކަންބޮޑުވުން އޮތީ ކްލޭޑް 1ބީ އާ މެދުގަ
އެމްޕޮކްސްގެ ވޭރިއެންޓްތަކުގެ ތެރޭގައި ދުނިޔޭގައި އެންމެ ކަންބޮޑުވުން އޮތީ ކްލޭޑް 1ބީ އާ މެދުގަ
އެޑޯބް ސްޓޮކް
އެމްޕޮކްސް
އެމްޕޮކްސް އަށް ޝައްކުކުރެވޭ ފުރަތަމަ ކޭސް އިންޑިއާ އިން ފެނިއްޖެ
އިންޑިއާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ އެމްޕޮކްސް ފެތުރިފައިވާ ޤައުމަކަށް ދާދި ފަހުން ދަތުރުކުރި އެ ގައުމުގެ ފިރިހެނެއްގެ ކިބައިން އެމްޕޮކްސްގެ އަލާމާތްތައް ފެނިފައިވާ ކަމަށެވެ.

އެމްޕޮކްސް އަށް ޝައްކުކުރެވޭ ފުރަތަމަ ކޭސް އިންޑިއާ އިން ފެނިއްޖެ ކަމަށް އެ ގައުމުގެ ސިއްހީ އޮފިޝަލުން ހާމަ ކޮށްފިއެވެ.

އިންޑިއާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ އެމްޕޮކްސް ފެތުރިފައިވާ ޤައުމަކަށް ދާދި ފަހުން ދަތުރުކުރި އެ ގައުމުގެ ފިރިހެނެއްގެ ކިބައިން އެމްޕޮކްސްގެ އަލާމާތްތައް ފެނިފައިވާ ކަމަށެވެ.

އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވަނީ ބައްޔަށް ޝައްކު ކުރެވުނު ޒުވާން ފިރިހެނަކު ވަނީ ހޮސްޕިޓަލެއްގައި އެކަހެރިކުރެވިފައި ކަމަށާއި، އޭނާގެ ޙާލަތު ރަނގަޅު ކަމަށެވެ. މިކަމާ ގުޅޭގޮތުން އިންޑިއާއިން ބުނެފައިވަނީ ބަލި ކޮންޓްރޯލް ކުރުމަށް "ހަރުދަނާ ފިޔަވަޅުތަކެއް" އެ ގައުމުގައި އަޅާފައިވާ ކަމަށެވެ.

"މި ކޭސްގެ ކަންކަން ބަލަހައްޓަމުން ގެންދަނީ ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށެވެ. ޤައުމުގެ ތެރޭގައި ބަލީގެ އަސަރު އޮތް މިންވަރު ވަޒަންކުރުމަށްޓަކައި ކޮންޓެކްޓް ޓްރޭސިންގ ކުރިއަށްދަނީއެވެ،" މިނިސްޓްރީން އިތުރަށް ބުނެފައިވެއެވެ.

ބަލިމީހާއަށް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ އެމްޕޮކްސް ވައިރަސްގެ ބާވަތެއް މިނިސްޓްރީން ބަޔާންކޮށްފައި ނުވިޔަސް، ބަލި ދެނެގަތުމަށާއި ކަށަވަރު ކުރުމަށް ޓެސްޓްތައް ކުރެވެމުންދާ ކަމަށް ބުނެފައިވެއެވެ.

އެމްޕޮކްސްގެ ވޭރިއެންޓްތަކުގެ ތެރޭގައި ދުނިޔޭގައި އެންމެ ކަންބޮޑުވުން އޮތީ ކްލޭޑް 1ބީ އާ މެދުގައިކަން ފާހަގަ ކުރެވެއެވެ. މި ވޭރިއަންޓަކީ ކޮންޓެކްޓްވާ މީހުންގެ ގަޔަށް ފަސޭހައިން ފޯރާ އަދި ހަލުއިކޮށް ފެތުރޭ ބާވަތެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ބާވަތުގެ ކޭސްއެއް ފާއިތުވި ހަފްތާގައި ސްވީޑަނުން ފެނި، އެ ކޭސް އާ އެފްރިކާގައި ހަލުއި ކަމާއެކު ފެތުރެމުންދާ ބައްޔާއި ގުޅުންވާކަން ވަނީ ދެނެގަނެވިފައެވެ.

އިންޑިއާއިން 2022 އާއި މާރިޗު 2024 އާ ދެމެދު ކްލޭޑް 2 ވޭރިއަންޓްގެ 30 ކޭސް ފެނިފައިވެއެވެ.

ކުރިން މަންކީޕޮކްސް ކިޔާ މި ބަލި ފުރަތަމަ ފެނުނީ 1958 ވަނަ އަހަރު ޑެންމާކުގައި ދިރާސާކުރުމަށް ގެންގުޅުނު ރާމާމަކުނުންނެވެ. އިންސާނުންގެ ކިބައިން މި ބަލި ފުރަތަމަ ފެނުނީ 1970 ގައެވެ. މިއީ ބަލި ޖެހިފައިވާ ޖަނަވާރުންގެ ފުށުން އިންސާނުންނަށް އަރާ ވައިރަސްއެކެވެ. އަދި ބަލި ޖެހިފައިވާ އިންސާނުންގެ ފުށުން އެހެން މީހުންގެ ގަޔަށް ކޮންޓެކްޓް ވުމުގެ ޒަރީއާ އިން އަރާ ބައްޔެކެވެ.

އާންމު ގޮތެއްގައި މިއީ މާ ނުރައްކާތެރި ބައްޔެއް ނޫނެވެ. ނަމަވެސް މަދު ޙާލަތްތަކެއްގައި ބަލީގައި ފުރާނަ ގެއްލޭ ގޮތް މެދުވެރިވާކަން ފާހަގަ ކުރެވެއެވެ. މީގެ އަލާމާތްތަކުގެ ތެރޭގައި ރޯގާ ޖެހުމުން ފެންނަ އަލާމާތްތަކާއި ހަށިގަނޑުގައި ދޮސްލާ ފާރުތައް އުފެދުން ހިމެނެއެވެ.

ފާއިތުވި އަހަރު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން މަންކީޕޮކްސްގެ ނަން އެމްޕޮކްސްއަށް ބަދަލުކުރިއެވެ. ފާއިތުވި މަހު، ބަލީގެ އާ ބާވަތެއް ނުވަތަ ވޭރިއެންޓެއް ފެނުމާ ގުޅިގެން ޑަބްލިޔުއެޗްއޯ އިން ވަނީ މި ބައްޔަށް ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

ނަމަވެސް ޑަބްލިއުއެޗްއޯ އިން ބުނެފައިވަނީ އެމްޕޮކްސް އަނެއް ކޮވިޑް-19 އަށް ނުވާނެ ކަމުގައެވެ.

މި ވައިރަސް ޕާކިސްތާނުންނާއި ފިލިޕީންސް އިން އަދި ތައިލޭންޑުން ފެނިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް