ކ. މާލެ
|
15 އޯގަސްޓް 2017 | އަންގާރަ 13:25
ރައީސް ނިކޮލަސް މަޑޫރޯ
ރައީސް ނިކޮލަސް މަޑޫރޯ
ގޫގުލް
ވެނެޒުއޭލާ
ވެނެޒުއޭލާގެ އަސްކަރިއްޔާ އިން ޑްރިލްތައް ހެދުމަށް ރައީސް މަޑޫރޯ އަންގަވައިފި
ވެނެޒުއޭލާގައި ހިނގާ ޑިމޮކްރަސީއާ ހިލާފު ކަންކަމާ ގުޅިގެން އަސްކަރީ ފިޔަވަޅު ހިމެނޭގޮތުން އަޅާނެ ހުރިހާ ފިޔަވަޅަކާ ދޭތެރޭ ވިސްނަމުންދާ ކަމަށް ރައީސް ޓްރަމްޕް ވަނީ ދާދިފަހުން ވިދާޅުވެފައި

ވެނެޒުއޭލާގައި ހިނގާ ޑިމޮކްރަސީއާ ހިލާފު ކަންކަމާ ގުޅިގެން  އަސްކަރީ ފިޔަވަޅު ހިމެނޭގޮތުން އަޅާނެ ހުރިހާ ފިޔަވަޅަކާ ދޭތެރޭ ވިސްނަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާއި ގުޅިގެން، ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އެގައުމުގެ އަސްކަރިއްޔާ އަށް ޑްރިލްތައް ހެދުމަަށް އަންގަވައިފިއެވެ.

ޓީވީ މެދުވެރިކުރައްވައި ދެއްވި ތަގުރީރެއްގައި ރައީސް މަޑޫރޯ ވިދާޅުވީ "އިސްތިއުމާރީ ބާރުތަކުން" ގައުމު ސަލާމަތް ކުރުމަށް ވެނެޒުއޭލާގެ ރައްޔިތުން ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ. އަސްކަރީ ޑްރިލްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނަނީ މި އޯގަސްޓް 26 އަދި 27 ގައެވެ.

ރައީސް މަޑޫރޯ ވިދާޅުވީ ވެނެޒުއޭލާގެ ފަސްގަނޑަކީ "މާތް ތަނެއް ކަމަށާއި އިސްތިއުމާރީ ބާރުތަކުގެ ބޫޓު ބީހެން ވެސް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ." ރައީސް މަޑޫރޯ ވިދާޅުވީ ޓޭންކާއި، ބޯޓާއި އަދި ބަނޑިން ގައުމު ދިފާއު ކުރުމަށް ހުރިހާ ރައްޔިތުންނަށް ގޮވާލާ ކަމަށެވެ. 

ވެނެޒުއޭލާގައި ހިނގާ ޑިމޮކްރަސީއާ ހިލާފު ކަންކަމާ ގުޅިގެން އެކަމުގެ ޖަވާބުގައި އެމެރިކާ އިން އަދި ވަކި ފިޔަވަޅެއް އަޅަން ސީދާ ނުނިންމާ ކަމަށާއި އަސްކަރީ ފިޔަވަޅު ހިމެނޭ ގޮތުން ހުރިހާ ފިޔަވަޅުތަކާ ދޭތެރޭ ވިސްނަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާލުވި ވިދާޅުވުން، ދެކުނު އެމެރިކާ ސަރަހައްދުގައި ވިޔަފާރި އާއި އިގްތިސާދު ކުރިއަރުވަން މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ "މާކޮސާ" އިން ވެސް ދާދިފަހުން ވަނީ ކުށްވެރިކޮށްފައެވެ. އެެހެން ނަމަވެސް ވެނެޒުއޭލާ ގައި ހިނގާ ޑިމޮކްރަސީއާ ހިލާފު އަަމަލުތަކާ ގުޅިގެން ދާދިފަހުން "މަކޮސާ" އިން ވަނީ ވެެނެޒުއޭލާގެ މެމްބަރޝިފް މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. "މާކޮސާ" ގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ދެކުނު އެމެރިކާގެ ބޮޑެތި އިގްތިސާދުތައް ކަމަށްވާ އާޖެންޓީނާ، ޕެރަގުއޭ އަދި އުރަގުއޭ ފަދަ ގައުމުތައް ހިމެނެއެވެ. 

ރައީސް ޓްރަމްޕް މިދިޔަ ހުކުރު ދުވަހު ދެއްކެވި ވާހަކަފުޅާއި ބެހޭގޮތުންް ވެނެޒުއޭލާގެ ފޮރިން މިނިސްޓަރު ވިދާޅުވީ އެއީ ވަރަށް އިހުތިރާމު ކުޑަ އަދި ލެޓިން އެމެރިކާ ހަލަބޮލި ކަމަށް ވައްޓާލާ ވާހަކައެއް ކަމަށެވެ. 

ވެނެޒުއޭލާގައި ގާނޫނު އަސާސީ އަލުން އެކުލަވާލުމަށް ރައީސް ނިކޮލަސް މަޑޫރޯ ކުރައްްވާ މަސައްކަތްޕުޅުގެ ސަބަބުން ގައުމު ވަނީ ހަލަބޮލިވެފައެވެ. ބައިނަލްއަގްވާމީ މުޖުތަމައު އާއި އަދި ވެނެޒުއޭލާގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ރައީސް މަޑޫރޯ ގާނޫނު އަސާސީ އިސްލާހު ކުރެއްވުމުގެ މަސައްކަތްޕުޅު ކުރައްވަނީ ބާރުތައް މުށުތެރެއަށް ލެއްވުމަށް ކަމަށެވެ. އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ބެހޭ ގޮތުން އެމެރިކާގެ ސްޓޭޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ އެކަމަކީ ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

 

 

 

 

- ކޮމެންޓް