Advertisement
ކ. މާލެ
|
8 ސެޕްޓެންބަރ 2024 | އާދީއްތަ 17:25
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު
ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ތަޞްދީޤު ކުރައްވައިފި
ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 22 އޮގަސްޓު 2024 ގައި
މި ބިލު ތަޞްދީޤު ކުރައްވާފައިވަނީ 09 ސެޕްޓެމްބަރު 2024 ގައި

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު (ނަންބަރު:15/2024) ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު، އާދިއްތަ ދުވަހު ތަޞްދީޤު ކުރައްވައިފިއެވެ.

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 22 އޮގަސްޓު 2024 ގައެވެ.

އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން އެކަށީގެންވާ ގޮތެއްގައި ދިވެހިރާއްޖޭގެ ބިން ތަރައްޤީކޮށް ބެލެހެއްޓޭނެ ފަދައަކުން، ބިނާވެށި ޕްލޭންކުރުމަށް މަގުފަހިކުރުމުގެ އިތުރުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ތަރައްޤީކުރުމަށް މަގުފަހިވާނެ ގޮތަކަށް ބިނާވެށި ޕްލޭންކޮށް ހިންގުމާގުޅޭ އުސޫލުތައް ކަނޑައެޅުން މި ޤާނޫނުގެ މަޤުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

Advertisement

އާދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާއެކު، އެ ޤާނޫނު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ 08 ސެޕްޓެމްބަރު 2024ން ފެށިގެން 6 މަސްދުވަސް ހަމަވާ ތާރީޚުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް