Advertisement
ކ. މާލެ
|
8 ސެޕްޓެންބަރ 2024 | އާދީއްތަ 16:15
އާދަމް އަތުހަރު ބޮލުގައި މުގުރުން ޖެހުމުން މަގުމައްޗަށް ވެއްޓިފައި. އޭނާ ނިޔާވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ
އާދަމް އަތުހަރު ބޮލުގައި މުގުރުން ޖެހުމުން މަގުމައްޗަށް ވެއްޓިފައި. އޭނާ ނިޔާވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ
ރާއްޖެއެމްވީ
އަތުހަރުގެ މަރުގެ މައްސަލަ
އަތުހަރުގެ ހަށިގަނޑު މިއަދު މާލެ ގެނެސް މިރޭ ވަޅުލަނީ
ޕޯސްޓް މޯޓަމް ހެދީ ހުކުރު ދުވަހު
ވަޅުލާނީ ހުޅުމާލެ ސަހަރާ މިސްކިތުގައި 10:00 ގައި

އަތުހަރުގެ ހަށިގަނޑު މިއަދު މާލެ ގެނެސް މިރޭ ވަޅުލާން ނިންމައިފިއެވެ.

ކަށުނަމާދު ޕޭޖްގައިވާ ގޮތުން އަތުހަރުގެ ކަށުނަމާދު ކުރާނީ އާދިއްތަ ދުވަހުގެރޭ 10:00 ގައެވެ. އަދި ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސަަހަރާ މިސްކިތުގައެވެ.

ޕޯސްޓްމޯޓަމް ހެދުމަށް އަތުހަރުގެ ހަށިގަނޑު ބޭރަށް ފޮނުވާފައިވަނީ ބުރާސްފަތި ދުވަހުއެވެ. އަދި ޕޯސްޓްމޯޓަމް ހަދާފައިވަނީ ހުކުރު ދުވަހުއެވެ.

އަތުހަރު މަރުވެފައިވަނީ އާދީއްތަ ދުވަހު އޭނާ ބަންދުކޮށްފައި ހުރި ދޫނިދޫ ކަސްޓޯޑިއަލްގައި އަމިއްލައަށް މަރުވާން މަސައްކަތްކޮށް، އިތުރު ފަރުވާއަށް އެރޭ މާލެ ގެނެސް ހޯމަ ދުވަގެ ހަވީރުގެ ވަގުތެއްގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

Advertisement

އަތުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާލޭގައި އަންހެނަކު ރަހީނުކޮށް އޭނާއަށް އަނިޔާދެމުންދާކަމަށް ބުނާ މައްސަލައަކާއި ގުޅިގެން ބާރުގެ ބޭނުންކޮށްގެންނެވެ. އަދި އަންހެން މީހާ ސަލާމަތްކުރުމަށް ފުލުހެއް އޭނާ ބޮލުގައި މުގުރުން ޖެހުމުގެ ސަބަބުން އޭނާއަށް އަނިޔާވެ ފަރުވާވެސް ދީފައިވެއެވެ.

ފުލުހުންގެ ފަރާތުން މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރާއި، އިތުރު މައުލޫމާތު ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްވާނެކަމަށް ހޯމްމިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފުލުހުން ވަނީ އަތުހަރު ގޮޅީގައި އަމިއްލައަށް މަރުވާން މަސައްކަތް ކުރާ ވީޑިއޯވެސް ނޫސްވެރިންނަށް ދައްކާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް