Advertisement
ކ. މާލެ
|
8 ސެޕްޓެންބަރ 2024 | އާދީއްތަ 15:29
ޑރ މުހައްމަދު އިޔާޒް (ކ)، ހޯމް މިނިސްޓަރު އަލީ އިހުސާން (ވ)
ޑރ މުހައްމަދު އިޔާޒް (ކ)، ހޯމް މިނިސްޓަރު އަލީ އިހުސާން (ވ)
ރާއްޖެއެމްވީ
ކޯޓުތަކުގެ މިނިވަންކަން
ޤާޟީ އަށް ހޯމް މިނިސްޓަރ ނުފޫޒް ފޯރުވާ، ހެކި އެބަހުރި: ޑރ އިޔާޒް
ހޯމް މިނިސްޓަރ އަލީ އިހުސާންގެ ނުފޫޒު ޤާޟީއަށް އޮތް ކަމުގެ ހެކި އެބަހުރި ކަމަށް ޑރ އިޔާޒް ވިދާޅުވި

ހޯމް މިނިސްޓަރު އަލީ އިހްސާން ނުފޫޒު ފޯރުވަނީ ފުލުހުންނަށް އެކަނި ނޫން ކަމަށާއި، ޤާޟީންނަށް ވެސް މިނިސްޓަރ ނުފޫޒް ފޯރުވާކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި މައްސަލައިގައި ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައި ހުއްޓާ މަރުވި އާދަމް އަތުހަރުގެ މަރުގެ މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފިކަމަށް ބުނެ އޮންލައިން ނޫހެއްގައި ޖަހާފައިވާ ޚަބަރަކަށް ތާއީދު ކުރައްވާ ޑރ އިޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ހޯމް މިނިސްޓަރު ނުފޫޒު ފޯރުވަނީ ފުލުހުންނަށް އެކަނި ނޫން ކަމަށާއި، ޤާޟީ ވެސް އިންނަވަނީ ހޯމް މިނިސްޓަރުގެ މުށުތެރެއަށް ލައި ފިއްތާލާފަ،" ކަމަށެވެ.

Advertisement

ޑރ އިޔާޒްގެ ޕޯސްޓަށް ރައްދު ދެމުން ސަރުކާރުގެ އެކްޓިވިސްޓެއް "މިނިސްޓަރ އިހުސާންގެ ނުފޫޒް ގާޒީ އަށް އޮތް ކަމެއް ޝެއިޚްއަށް ބުނަން އެނގެނީ ކިހިނެއްތޯ،" ސުވާލު ކުރުމުން ޖަވާބު ގައި "އަޅުގަނޑު އަތުގައި ހެކި ހުރެގެން މިވާހަކަ ލިޔުނީ. އިތުރަށް ބޭޒާރުވާން ބޭނުން ނޫންނަމަ ހަނު ހުންނަވާ،" ޑރ އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒު އެ ވިދާޅުވަނީ ކޮން ކޯޓެއްގެ ކޮން ގާޟީ އެއް ކަމަށް ހާމަ ކުރައްވާފައެއް ނުވެއެވެ.

ޑރ އިޔާޒް މިފަދަ ތުހުމަތެއް ހޯމް މިނިސްޓަރަށް ކުރައްވާފައިވާއިރު، މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިއެއް ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވެފައިވަނީ "އަޅުގަނޑުގެ ކިބައިން އަދި އަޅުގަނޑު އައްޔަނުކޮށްފައި ހުރި މަޤާމެއްގައި ހުރި މީހެއްގެ ކިބައިންވެސް ޝަރީއަތަށް، ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުމަކީ ޓޮލަރޭޓްކުރާނެ ކަމެއް ނޫން،" ކަމަށެވެ.

ޑރ. މުއިއްޒު ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ވެސް ޝަރުއީ ނިޒާމަށް ނުފޫޒް ފޯރުވުމުން ނިމުނީ ކަމަށް ވަނީ ވިދާޅުވެފައެވެ.

ވެރިކަން ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެންމެ ފަހުން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންވެސް ޝަރުއީ ދާއިރާ އަށް އެއްވެސް ނުފޫޒެއް ސަރުކާރުން ނުފޯރާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
18 ސެޕްޓެންބަރ 2024 | ބުދަ 15:53
ޙަބީބު.
އަހަރުމެން ބޭނުން ގޮތެއް ހަދާނީ އަހަރުމެންގެ ސަރުކާރު