ކ. މާލެ
|
8 ސެޕްޓެންބަރ 2024 | އާދީއްތަ 17:09
ކެވިން ޑެބްރޫނޭ
ކެވިން ޑެބްރޫނޭ
ޔުއެފާ
ކެވިން ޑްބްރޫނޭ
ޔޫއޭފާ އާއި ފީފާއިން ދައްކަނީ ފައިސާގެ ވާހަކަ، ކުޅުންތެރިންނާ އަޅާލުން ކުޑަ: ޑެބްރޫނޭ
މި ސީޒަނުގައި ކުޅެންޖެހިފައިވާ މެޗުތަކުގެ އަދަދު ގިނަވުމުން ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ އަށް ކުޅުންތެރިންގެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.

މި ސީޒަނުގައި ކުޅެންޖެހިފައިވާ މެޗުތަކުގެ އަދަދު ގިނަވުމުން ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ އަށް ކުޅުންތެރިންގެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.

މިހާރު ކުޅެމުންދާ ޔޫއޭފާ ނޭޝަންސް ލީގުގެ މި ހަފުތާގެ ފުރަތަމަ މެޗުތަކަށް ފަހު މި ފާޑުކިއުންތައް އޮއްސާލީ މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ދެ ކުޅުންތެރިންނެވެ. އެއީ ޕޯޗުގަލްގެ ބެނާޑޯ ސިލްވާ އާއި ބެލްޖިއަމާއި ސިޓީގެ ކެޕްޓަން ކެވިން ޑްބެރޫނާ އެވެ.

މީގެ ތެރެއިން ޑެބްރޫނޭ ބުނީ ކުޅުންތެރިންނަށް އަރާމުކުރަން ލިބޭ ދުވަސްތައް މަދުވެ، ގިނަ މެޗުތަކެއް ކުޅެން ޖެހުމުން އޭގެ ގެއްލުން ފެނިގެންދާނީ ސީޒަނުގެ ފަހުބަޔަށް އެޅުމުން ކަމަށެވެ.

"އަހަރެންނަށް ހީވަނީ މިކަމުން ދިމާވާ މައްސަލަތައް ފެންނަން ފަށާނީ މި އަހަރު ތައާރަފްކުރާ ކުލަބު ވޯލްޑްކަޕް ނިމޭ ހިސާބުންހެން. އަހަރުމެންނަށް އެނގޭ ކުލަބު ވޯލްޑްކަޕު ފަށާ ދުވަހުން ފެށިގެން ފައިނަލާ ދެމެދު ހޭދަވަނީ ތިން ހަފުތާކަން. އެކަމަކު ތިން ހަފުތާ ރެސްޓްކޮށްފައި އަނެއްކާ އަނެއް 80 މެޗު ކުޅެންވީމާ ކަމަކުނުދޭ. އަހަރުމެން މި ކަންބޮޑުވުން ވަރަށް ބޮޑަށް ފާޅުކޮށްފިން. ހައްލެއް ނުލިބުނު، މި ވާހަކަ ދެއްކިޔަސް އެމީހުން އަޅާނުލާ. ދައްކަނީ ފައިސާގެ ވާހަކަ،"
ޑެބްރޫނޭ ބުންޏެވެ.

މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ސިލްވާ ބުނީ މިހާރު އޮތީ ވަރަށް ތާކުންތާކު ނުޖެހޭ ޝެޑިއުލެއް ކަމަށެވެ.

ބެނާޑޯ ސިލްވާ އުފާފާޅުކުރަނީ - ރޮއިޓާސް
"އަހަރުމެންނަށް ދެންމެ އެނގުނީ އިނގިރޭސި ލީގު ކަޕުގައި ކުޅެން ޖެހޭ މެޗާ ދެމެދު ލިބެނީ އަރާމު ކުރަން އެންމެ ދުވަހެއްކަން. އަހަރުމެން އެބަޖެހޭ މިހާރު އޮތް ގޮތުން ކޮންމެ ތިން ދުވަހަކުން މެޗެއް ކުޅެނެ. މިއީ ވަރަށް ބޮޑު ބޭއިންސާފެއް. ޗެމްޕިއަންސް ލީގުގައި މިހާރު އާ ފޯމެޓާއެކު އިތުރު ދެ މެޗު ކުޅެން ޖެހިފައިމިވަނީ،"
ސިލްވާ ބުންޏެވެ.

އޭނާ ބުނީ މެޗުތަކުގެ އަދަދާމެދު ޝަކުވާ ކުރުމުން ސްކޮޑްތަކުގެ ސައިޒު ބޮޑުކަމަށް ދައްކާ ވާހަކަ އަކީ މުޅީން ހަގީގަތެއްނޫން ކަމަށެވެ.

"ރަހުމަތްތެރިންނާއި އާއިލާއާއެކު ހޭދަކޮށްލަން ލިބެނީ ވަރަށް މަދު ވަގުތެއް. މި ގޮތަށް ފުޓްބޯޅަ ކުޅުމަކީ ފަސޭހަކަމެއްނޫން. މެޗުތަކުގެ އަދަދު ގިނަވެ، ކުޅުންތެރިން މިދަނީ ހަލާކުވަމުން،"
ސިލްވާ ބުންޏެވެ.

ފުޓްބޯޅަ ސީޒަނެއްގައި ޓީމުތަކާއި ގައުމީ ޓީމަށް ކުޅެންޖެހޭ މެޗުތައް އިތުރުވާތީވެ ޔޫރަޕުގެ މަޝްހޫރިު ކޯޗުން ވެސް ވަނީ ޔޫއޭފާ އާއި ފީފާ އަށް ފާޑުކިއުން އަމާޒުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް