ކ. މާލެ
|
8 ސެޕްޓެންބަރ 2024 | އާދީއްތަ 07:10
3 ފެބްރުއަރީ 2024 އެމެރިކާގެ ކަނޑުގެ ސިފައިން ޓޮމަހޯކް ލޭންޑް އެޓޭކް މިސައިލެއް ހޫތީންގެ އަސްކަރީ އަމާޒަކަށް ފޮނުވާލަނީ
3 ފެބްރުއަރީ 2024 އެމެރިކާގެ ކަނޑުގެ ސިފައިން ޓޮމަހޯކް ލޭންޑް އެޓޭކް މިސައިލެއް ހޫތީންގެ އަސްކަރީ އަމާޒަކަށް ފޮނުވާލަނީ
ރޮއިޓާސް
ހޫތީންގެ ހަމަލާތައް
ޔަމަންގެ ހޫތީން އެމެރިކާގެ އަސްކަރީ ޑްރޯނަކަށް ހަމަލާދީ ވައްޓާލައިފި
މިއީ ފަލަސްތީން ރައްޔިތުންނާ އެއްބައިވަންތަކަން ހާމަ ކުރުމަށް ދޭ ހަމަލާތަކެއް ކަމަށް ހޫތީން ބުނޭ

ޔަމަންގެ ހޫތީން އެމެރިކާގެ އަސްކަރީ ޑްރޯނަކަށް ހަމަލާދީ ވައްޓާލައިފި ކަމަށް އެ ޖަމާއަތުގެ ތަރުޖަމާނު ބުނެފިއެވެ.

ޙޫތީން ހާމަކުރި ތަފްސީލުގައި ބުނެފައިވަނީ އެގައުމުގެ މާރިބް ގަވަރނަރޭޓްގެ ވައިގެ ސަރަޙައްދުގައި އަދާވާތްތެރި ހަރަކާތްތަކެއް ހިންގަމުންދިޔަ އެމެރިކާގެ އެމްކިއު-9 ޑްރޯނެއް ވަނީ ވައްޓާލާފައި ކަމަށެވެ.

މި މަޢުލޫމާތު ހާމަކުރީ އީރާނުން މަދަދުވެރިވާ މި ޖަމާއަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީ ހޮނިހިރު ދުވަހުއެވެ.

ޙޫތީން ގެންދަނީ ރަތްކަނޑާއި އަދަނުގެ ސަރަހައްދުން ދަތުރުކުރާ އާގު ބޯޓުފަހަރަށާއި ތެޔޮ ޓޭންކަރުތަކަށްވެސް ހަމަލާދެމުންނެވެ. ހޫތީން ބުނަމުން އަންނަނީ ޣައްޒާގައި އިޒްރޭލުން ހިންގާ އުދުވާންތައް ހުއްޓާނުލާހާ ހިނދަކު އެ ސަރަހައްދު ތަކުން ދަތުރުކުރާ އިޒްރޭލާ އެމެރިކާ އާ ގުޅުން ހުރި އުޅަނދުތަކަށް ހަމަލާ ދޭނެ ކަމުގައެވެ.

މިއީ ފަލަސްތީން ރައްޔިތުންނާ އެއްބައިވަންތަކަން ހާމަ ކުރުމަށް ދޭ ހަމަލާތަކެއް ކަމަށްވެސް ހޫތީން ބުނެއެވެ.

ގިނަ އަދަދެއްގެ އާގުބޯޓުފަހަރަށާއި ޓޭންކަރުތަކަށް ހޫދީން މިހާތަނަށް ހަމަލާދީފައިވުމާއެކު، ދުނިޔޭގެ ވިޔާފާރީގެ މުހިންމު ރޫޓެއްގެ ދަތުރުފަތުރަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް