ކ. މާލެ
|
7 ސެޕްޓެންބަރ 2024 | ހޮނިހިރު 13:01
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ މިލިޓާއޯ
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ މިލިޓާއޯ
ރޮއިޓާސް
ރެއާލް މެޑްރިޑް
މިލިޓާއޯ އަށް އަނިޔާވެއްޖެ
ބްރެޒިލްގެ ފަރިތަކުރުމުގައި ބައިވެރިވަމުން އަންނަނިކޮށް މިލިޓާއޯ އަށް ލިބިފައި ވަނީ މަސްގަނޑުގެ އަނިޔާ އެކެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ އަށް އަނިޔާވެއްޖެ އެވެ.

އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ އަށް އަނިޔާވެފައި ވަނީ ބްރެޒިލް ޤައުމީ ޓީމާ އެކު ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގެ ތެރެއިންނެވެ. ބްރެޒިލްގެ ފަރިތަކުރުމުގައި ބައިވެރިވަމުން އަންނަނިކޮށް މިލިޓާއޯ އަށް ލިބިފައި ވަނީ މަސްގަނޑުގެ އަނިޔާ އެކެވެ. އަނިޔާގެ ސަބަބުން މިލިއާޓޯ މިހާރު ވަނީ ބްރެޒިލްގެ ފަރިތަކުރުންތައް ދޫކޮށް ގޮސްފަ އެވެ. އެއީ އަނިޔާގެ އިތުރު ތަފުސީލުތަައް ދެނެގަތުމަށް ހަދަން ޖެހޭ މެޑިކަލް ޓެސްޓުތައް ހެދުމަށެވެ.

މިލިޓާއޯ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ބްރެޒިލް އިން އެކުއެޑޯއާ ދެކޮޅަށް ކުޅޭ މެޗާއި، ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ޕެރަގުއޭއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ އެވެ. އަދި މިލިޓާއޯ ކުޅެމުން އަންނަ ރެއާލުން އަންދާޒާ ކުރާ ގޮތުގައި ސްޕެނިޝް ލީގުގައި ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެ ޓީމުން ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް މިލިޓާއޯ އަށް ނުކުޅެވޭނެ އެވެ.

މިލިޓާއޯ އަށް އަނިޔާވުމާއެކު ރެއާލްގެ އަނިޔާގެ ލިސްޓު ބޮޑުވާނެ އެވެ. ރެއާލްގެ ކުޅުންތެރިންގެ ތެރެއިން މިވަގުތު އަނިޔާގައި ތިބި ކުޅުންތެރިންނަކީ މިލިޓާއޯގެ އިތުރުން، ޖޫޑް ބެލިންހަމް، އެޑުއާޑޯ ކަމަވިންގާ، އައުރެލިއަން ޗުއެމިނީ، ފާލަންޑް މެންޑީ، ޑެނީ ސެލަބޯސް، ޑޭވިޑް އަލްބާ އަދި ޖަކޮބޯ ރަމޮން އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް