ކ. މާލެ
|
6 ސެޕްޓެންބަރ 2024 | ހުކުރު 17:21
ސެޓަން ޕްލެނެޓް
ސެޓަން ޕްލެނެޓް
ނާސާ
ސެޓަން ޕްލެނެޓް
މިރޭ ސެޓަން ޕްލެނެޓް ވަރަށް ރީތިކޮށް ރާއްޖެ އަށް ފެންނާނެ
އަރާ ގަޑިއަކީ ރޭގަނޑު 8:14، އޮއްސޭ ގަޑިއަކީ ހޮނިހިރު ދުވަހު ހެނދުނު 06:37

ހުކުރު ދުވަހުގެ ރޭ ރާއްޖެ އަށް ސެޓަން ޕްލެނެޓް ވަރަށް ރީތިކޮށް ފެންނާނެއެވެ.

މިކަން ފާހަގަ ކުރެއްވީ ނުޖޫމީ އިލްމަށް ޝައުގުވެރިކަން ބަހައްޓަވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހުކުރު ދުވަހު ކުރެއްވި ޕޯސްޓެއްގައެވެ.

މައުމޫން ވިދާޅުވީ، ހޮނިހިރު ވިލޭރެއަކީ އިރުގެ ޢާއިލާގެ ދެވަނައަށް އެންމެ ބޮޑު ޕްލެނެޓް ޒުޙަލް (ސެޓަން) ރާއްޖެއަށް ވަރަށް ރީތިކޮށް ފެންނާނެ ރެޔެއް ކަމަށް ބެލޭ ކަމަށެވެ.

އަރާ ގަޑިއަކީ ރޭގަނޑު 8:14 ކަމަށާއި އޮއްސޭ ގަޑިއަކީ ހޮނިހިރު ދުވަހު ހެނދުނު 06:37 ކަމަށް މައުމޫން ވިދާޅުވެފައިވެއެވެ.

ޒުހަލްގެ ވަށަމިނަކީ ގާތްގަނޑަކަށް 74,897 މޭލު (120,500 ކިލޯމީޓަރު) އެވެ. ދުނިޔޭގެ ވަށަމިނަށްވުރެ 9 ގުނަ ބޮޑެވެ. ދުނިޔެއަކީ ފައިސާ ފޮއްޗެއްގެ ބޮޑުމިން ކަމަށް ބަލައިފިނަމަ ޒުހަލް ގައި ވޮލީބޯޅައެއްގެ ބޮޑުމިން ހުންނާނެއެވެ.

އިންސާނުންގެ ހަމަ ލޮލުން ދުނިޔެއާ އެންމެ ދުރުން ހޯދި ޕްލެނެޓަކީ ސެޓަން ނުވަތަ ޒުހަލް އެވެ. މިއީ ގަދީމީ ޒަމާނުއްސުރެ އިންސާނުން ދެނެގަނެފައިވާ ޕްލެނެޓެއް ކަމަށް ނާސާ އިން ބުނެއެވެ.

- ކޮމެންޓް