Advertisement
ކ. މާލެ
|
6 ސެޕްޓެންބަރ 2024 | ހުކުރު 15:52
އިމިގްރޭޝަނުން ބޭރު މީހުން އަތުން އަތުލައިގަތް ފައިސާ އާއި އެމީހުންގެ ޕާސްޕޯޓު
އިމިގްރޭޝަނުން ބޭރު މީހުން އަތުން އަތުލައިގަތް ފައިސާ އާއި އެމީހުންގެ ޕާސްޕޯޓު
އިމިގްރޭޝަން
ޑޮލަރުގެ ކަޅުބާޒާރު
ޑޮލަރުވިއްކާ ބިދޭސީން ހިފަހައްޓާ، ބޯ ބޭލިޔަސް ކަޅުބާޒާރުގެ އަސްލު ސަބަބު ނައްތާނުލެވޭނަމަ މައްސަލަ އިތުރަށް ގޯސްވާނެ: އާތިފް
ޑޮލަރުގެ ކަޅުބާޒާރު ނައްތާލުމަށް އެކަމުގައި އުޅޭ ބިދޭސީން ދަނީ ހައްޔަރުކުރަމުން

ޑޮލަރު ވިއްކާ ބިދޭސީން ހައްޔަރުކޮށް، ބޯބާލައި، އަދި ޑިޕޯޓްކުރިކަމުގައި ވިޔަސް، ޑޮލަރުގެ ކަޅުބާޒާރު އުފެދުމުގެ އަސްލު ސަބަބު ނައްތާނުލެވޭނަމަ، މުޢާމަލާތްތައް އިތުރަށް ފުންވެގެން ހިނގައިދާނެ ކަމަށް ސަރުކާރުގެ ކުންފުނިތަކުގެ އިސްމަޤާމުތަކެއް ކުރިން އަދާކުރެއްވި އަދި އިޤްތިޞާދީ ކަންކަން ދިރާސާކުރައްވާ ބޭފުޅެއް ކަމުގައިވާ އާތިފް ޝުކޫރު ވިދާޅުވެއްޖެއެވެ.

އޭނާ އެގޮތަށް ވިދާޅުވީ ޑޮލަރުގެ ކަޅުބާޒާރު ނައްތާލުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ބިދޭސީން ހިފާހައްޔަރުކުރަމުންދާ ދިޔުމާ ގުޅިގެން ކަމަށް ބެލެވެއެވެ.

Advertisement

ހުކުރުދުވަހު އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކަޅުބާޒާރު އުފެދުމުގެ އަސްލު ސަބަބު ނައްތާނުލެވޭނަމަ މައްސަލަ އިތުރަށް ގޯސްވެގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޑޮލަރުގެ އަގު އިތުރަށް މައްޗަށް ހިނގައިދާނެ ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އާތިފް ވިދާޅުވީ "ހަމައެކަނި ގަޓުދެއްކުމާއި ހަރުބަސް ބުނެގެން އިޤްތިޞާދީ އަސާސްތަކަށް ބަދަލެއް ނާންނާނެ" ކަމަށެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަންޖެހޭ މަސައްކަތް އިތުރަށް ހަރުދަނާ ކުރަންޖެހެއެވެ.

ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރު އުފެދުމުގެ އިތުރުން ރާއްޖޭގެ ބޭރުފައިސާގެ ރިޒާވް ވަނީ ބޮޑުތަނުން ދަށަށްގޮސްފައެވެ.

ކަޅު ބަޒާރުގައި ޑޮލަރު ވިޔަފާރި ކުރަމުންދާ ފަސް ބިދޭސީއަކު އަތުލައިގަތް ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ވަނީ މިދިޔަ ބުރާސްފަތިދުވަހު ބުނެފައެވެ.

އިމިގްރޭޝަނުން ބުނީ އެމީހުން އަތުލައިގަތީ ގަވައިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން އަތުލައިގަތުމަށް މަސައްކަތް ކުރާ ޓާސްކު ފޯސް އަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް