Advertisement
ކ. މާލެ
|
6 ސެޕްޓެންބަރ 2024 | ހުކުރު 13:16
ޞިއްޙަތާ ބެހޭ ވުޒާރާ ހުންނަ އިމާރާތް
ޞިއްޙަތާ ބެހޭ ވުޒާރާ ހުންނަ އިމާރާތް
ލޮލުރޯގާ އަށް ސަމާލުވުން
ލޮލު ރޯގާއިން ރައްކާތެރިވުމަށް ސަމާލުވޭ: އެޗްޕީއޭ
ލޮލު ރޯގާގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭ
ލޮލު ރޯގާގެ އަލާމަތްތަކުގެ ތެރޭގައި ހުންއައުން، ލޯ ހިރުވުން، ލޮލުން ފެންއައުން، ލޮލުގައި މަޑުހެދުން އަދި ލޯ ރަތްވުން ހިމެނޭ
ލޮލުރޯގާ ޖެހިއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދަންޖެހޭ

ލޮލު ރޯގާއިން ރައްކާތެރިވުމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ލޮލު ރޯގާގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

ލޮލު ރޯގާގެ އަލާމަތްތަކުގެ ތެރޭގައި ހުންއައުން، ލޯ ހިރުވުން، ލޮލުން ފެންއައުން، ލޮލުގައި މަޑުހެދުން އަދި ލޯ ރަތްވުން ހިމެނެއެވެ.

އެޗްޕީއޭއިން ބުނީ ލޮލުރޯގާ ޖެހިއްޖެނަމަ ނުވަތަ ޖެހިއްޖެކަމަށް ޝައްކުކުރެވޭނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ނުވަތަ ސިއްހީ އެހީތެރިއަކަށް ދައްކައިގެން ފަރުވާ ހޯދަންޖެހޭ ކަމަށެވެ.

Advertisement

ލޮލު ރޯގާއިން ރައްކާތެރިވުމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ނެރުމާއި ގުޅިގެން ރާއްޖެއެމްވީއަށް އެޗްޕީއޭގެ އޮފިޝަލެއް ވިދާޅުވީ ބަލިތަކުން ރައްކާތެރިވުމަށް އަބަދުވެސް ސަމާލުވާންޖެހޭ ކަމަށެވެ. މިދުވަސްވަރު ލޮލުރޯގާ ފެތުރޭ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވިފައިނުވާ ކަމަށާއި، ދޭތެރެއަކުން ލޮލުރޯގާގެ ކޭސްތައް ރިޕޯޓު ކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ މޫސުން ގޯސްވުމަށްފަހު، ރަނގަޅުވުމާއެކު އެކިއެކި ވައިރަލް ހުމާއި، ރޯގާތައް ފެތުރޭ ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވާންޖެހޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ލޮލުރޯގާއިން ރައްކާތެރިވުމަށް ގިނަ ގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި، އާއްމުކޮށް އަތްލާ ތަކެއްޗާއި، ތަންތަން ސާފުކުރުމާއި، ލޮލުގައި އަތްލުމާއި ނުވަތަ އުނގުޅުމުން ދުރުހެލިވުމާއި، ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުން އަދި ލޮލުރޯގާ ޖެހިފައިވާ މީހަކު ލޮލަށް އަޅަން ބޭނުންކުރާ ބޭސްފުޅި ބޭނުން ނުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް