ކ. މާލެ
|
5 ސެޕްޓެންބަރ 2024 | ބުރާސްފަތި 13:57
މި މައްސަލައިގައި  ހައްޔަރު ކުރި ދެ މީހުން
މި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުން
ޕޮލިސް
ވައްކަމާއި ފޭރުމުގެ މައްސަލަތައް
އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށްނެގި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި
ހައްޔަރު ކޮށްފައިވަނީ ކ މާލެ އިސްމާއިލް ވިޝާލްގެ އިތުރުން ބ ދަރަވަންދޫ ހުސައިން ޝާއިފް
ފުލުހުން މިހާރު ދަނީ މައްސަލަ ތަހުގީގު ކުރަމުން

އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށްނެގި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ކ މާލެ އިސްމާއިލް ވިޝާލްގެ އިތުރުން ބ ދަރަވަންދޫ ހުސައިން ޝާއިފްއެވެ.

ފުލުހުން ބުނީ، އެމީހުން ހައްޔަރު ކޮށްފައިވަނީ ބުދަ ދުވަހުގެ ހަވީރު 16:05 ހާއިރު މާލޭ ގެއެއްގެ ތެރޭގައި ހުރި މީހެއްގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެއްޗާއެކު ކަމަށެވެ.

އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ބުނެފައިވާއިރު، ފުލުހުން މިހާރު ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް