ކ. މާލެ
|
5 ސެޕްޓެންބަރ 2024 | ބުރާސްފަތި 10:34
މީގެ ކުރިން އޮތް ބެލޮންޑިއޯ ރަސްމިއްޔާތެއްގައި މެސީ އާއި ރޮނާލްޑޯ
މީގެ ކުރިން އޮތް ބެލޮންޑިއޯ ރަސްމިއްޔާތެއްގައި މެސީ އާއި ރޮނާލްޑޯ
ރޮއިޓާސް
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯގެ ނޮމިނޭޝަން އިއުލާން ކޮށްފި، މެސީ އާއި ރޮނާލްޑޯ ނުހިމެނޭ
މިއީ 2003 ވަނަ އަހަރުގެ ފަހުން، މެސީ އާއި ރޮނާލްޑޯ ނުހިމަނައި ބެލޮންޑިއޯގެ ނޮމިނޭޝަން އިއުލާން ކުރި ފުރަތަމަ ފަހަރެވެ.

ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލޮންޑިއޯ އެވޯޑުގެ ނޮމިނޭޝަން އިއުލާން ކޮށްފި އެވެ.

ބެލޮންޑިއޯ އިން ވަނީ އެވޯޑަށް ނޮމިނޭޓުވާ 30 ކުޅުންތެރިންގެ ނަން އިއުލާން ކޮށްފަ އެވެ.

އޭގެ ތެރޭގައި އިންޓަ މިއާމީ އަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމެނެ އެވެ.

މެސީ އަކީ ބެލެންޑިއޯ އެވޯޑު އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އަށް ފަހަރު ބެލެންޑިއޯ އެވޯޑު ކާމިޔާބު ކޮށްފަ އެވެ. މެސީ އަށް ފަހު ދެން އެންމެ ގިނައިން މި އެވޯޑު ހާސިލްކޮށްފައި ވަނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާާލްޑޯ އެވެ. އެއީ ފަސް ފަހަރު އެވެ.

މިއީ 2003 ވަނަ އަހަރުގެ ފަހުން، މެސީ އާއި ރޮނާލްޑޯ ނުހިމަނައި ބެލޮންޑިއޯގެ ނޮމިނޭޝަން އިއުލާން ކުރި ފުރަތަމަ ފަހަރެވެ.

ބެލެންޑިއޯ އެވޯޑަށް ނޮމިނޭޓުވި 30 ކުޅުންތެރިން:

  1. ޖޫޑް ބެލިންހަމް (އިންގްލެންޑް، ރެއާލް މެޑްރިޑް)
  2. ހަކަން ޗަނޮގްލޫ (ތުރުކީ، އިންޓަ މިލާން)
  3. ޑެނީ ކަވަހާލް (ސްޕެއިން، ރެއާލް މެޑްރިޑް)
  4. ރުބެން ޑިއާސް (ޕޯޗުގަލް، މެންޗެސްޓަރ ސިޓީ)
  5. އާޓެން ޑޮވްބީކް (ޔޫކްރެއިން، ޖިރޯނާ، ރޯމާ)
  6. ފިލް ފޮޑެން (އިންގްލެންޑް، މެންޗެސްޓަރ ސިޓީ)
  7. އަލެހާންޑްރޯ ގްރިމާލްޑޯ (ސްޕެއިން، ބަޔާ ލެވަކޫސަން)
  8. އާލިން ހާލަންޑް (ނޯވޭ، މެންޗެސްޓަރ ސިޓީ)
  9. މެޓްސް ހުމެލްސް (ޖަރުމަނު، ބޮރޫޝިއާ ޑޯޓްމަންޑް)
  10. ހެރީ ކޭން (އިންގްލެންޑް، ބަޔާން މިއުނިކް)
  11. ޓޯނީ ކްރޫސް (ޖަރުމަނު، ރެއާލް މެޑްރިޑް)
  12. އަޑެމޮލާ ލުކްމަން (ނައިޖީރިއާ، އެޓަލަންޓާ)
  13. އެމިލިއާނޯ މާޓިނޭޒް (އާޖެންޓީނާ، އެސްޓަން ވިލާ)
  14. ލައުޓާރޯ މާޓިނޭޒް (އާޖެންޓީނާ، އިންޓަ މިލާން)
  15. ކީލިއަން އެމްބާޕޭ (ފްރާންސް، ޕީއެސްޖީ، ރެއާލް މެޑްރިޑް)
  16. މާޓިން އޮޑެގާޑް (ނޯވޭ، އާސެނަލް)
  17. ޑެނީ އޮލްމޯ (ސްޕެއިން، އާރްބީ ލައިޕްޒިގް، ބާސެލޯނާ)
  18. ކޯލް ޕާމާ (އިންގްލެންޑް، މެންޗެސްޓަރ ސިޓީ، ޗެލްސީ)
  19. ޑެކްލަކް ރައިސް (އިންގްލެންޑް، އާސެނަލް)
  20. ރޮޑްރީ (ސްޕެއިން، މެންޗެސްޓަރ ސިޓީ)
  21. އެންްޓޯނިއޯ ރޫޑިއާ (ޖަރުމަނު، ރެއާލް މެޑްރިޑް)
  22. ބުކަޔޯ ސަކާ (އިންގްލެންޑް، އާސެނަލް)
  23. ވިލިއަމް ސަލީބާ (ފްރާންސް، އާސެނަލް)
  24. ފެޑެރިކޯ ވަލްވާޑޭ (އުރުގުއޭ، ރެއާލް މެޑްރިޑް)
  25. ވިނީޝިއުސް ޖޫނިއާ (ބްރެޒިލް، ރެއާލް މެޑްރިޑް)
  26. ވިޓީނިއާ (ފްރާންސް، ޕީއެސްޖީ)
  27. ނިކޯ ވިލިއަމްސް (ސްޕެއިން، އެތުލެޓިކް ބިލްބާއޯ)
  28. ފްލޯރިއަން ވާޓްޒް (ޖަރުމަނު، ބަޔާ ލެވަކޫސަން)
  29. ގްރަނިޓް ޝަކާ (ސްވިޒަލެންޑް، ބަޔާ ލެވަކޫސަން)
  30. ލަމީން ޔަމާލް (ސްޕެއިން، ބާސެލޯނާ)

މިއަހަރު މިއީ ބެލޮންޑިއޯ އެވޯޑުގެ 68 ވަނަ އެޑިޝަން އޮންނަ އަހަރެވެ. ފްރާންސްގެ ވެރި ރަށް ޕެރިހުގައި ބެލޮންޑިއޯ އެވޯޑު ޙަފުލާ އޮންނާނީ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް