Advertisement
ކ. މާލެ
|
4 ސެޕްޓެންބަރ 2024 | ބުދަ 23:11
ފަލަސުރުހީ ޕްރޮގްރާމްގައި ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް ވާހަކަދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
މިސަރުކާރު ދަށު ދަރަޖައަށް ދިއުން
މި ސަރުކާރު އޮތީ އެއްވެސް ކަހަލަ ސިގްނަލެއް ދޭ ވަރަށް ވުރެ ދަށު ދަރަޖާގައި: ޝަރީފް
މިއަދު އިސްލާމް ދީނާއި ގައުމިއްޔަތު މިސަރުކާރުގެ ބޭފުޅުންނަށް ނުފެނޭ
ގައުމުދާ މިސްރާބު ރަނގަޅެއް ނޫން، ރައްޔިތުން މިކަމާ ދެކޮޅަށް ނުކުންނަން ޖެހޭ
މި ސަރުކާރުގައި ތިއްބެވީ އިގްތިސާދު އެއްވެސް ވަރަކަށް އެނގޭ ބައެއް ނޫން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އޮތީ އެއްވެސް ކަހަލަ ސިގްނަލެއް ދޭ ވަރަށް ވުރެ ދަށު ދަރަޖާގައި ކަމަށް ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޝަރީފް ވިދާޅުވީ ރައްޔިތުންގެ މެދުގައި ސަރުކާރުގެ އަގު ވެއްޓިފައިވާ ކަމަށާއި، މިސަރުކާރަށް ފެހި ނުވަތަ ރަތް ސިގްނަލެއް ދެއްކޭވަރު ނުވާ ކަމަށެވެ. އެގޮތުން މިސަރުކާރަށް ރަތް ސިގްނަލްގެ މަތީގައި އަދި ފެހި ސިގްނަލް ދެއްކޭ ހިސާބަށް ނުދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

Advertisement

މިސަރުކާރު އޮތީ ވަރަށް ދަށު ދަރަޖާގައިކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ކޯޕަރޭޓް ރެޒިޑެންސީ ވިސާ އެމްޑީޕީން ތައާރަފް ކުރުމަށް މަސައްކަތް ކުރުމުން މިސަރުކާރުގެ ބޭފުޅުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް މިސަރުކާރުގައި މިކަންކަން ރަނގަޅުވެފައިވާ ކަމަށާއި، މިއަދު އިސްލާމް ދީނާއި ގައުމިއްޔަތު މިސަރުކާރުގެ ބޭފުޅުންނަށް ނުފެންނަ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރާއްޖެއަކީ ވަރަށް އެކުވެރި ރައްޔިތުންތަކެއް ދިރިއުޅެމުންދާތަނެއްކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ގައުމުދާ މިސްރާބު ރަނގަޅު ނޫން ކަމަށާއި، ރައްޔިތުން މިކަމާ ދެކޮޅަށް ނުކުންނަން ޖެހޭ ކަމަށެވެ. ޝަރީފް ވިދާޅުވީ ރައްޔިތުންނާއެކު ގައުމު އޮޔާލާފައިވާ ކަމަށާއި، ގައުމު ހަލާކުވެދަނީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ. މިއީ ވަކި ބައެއްގެ ގައުމެއް ނޫން ކަމަށާއި، މިގައުމު މިހިސާބަށް ގެނެސްފައިވަނީ ގިނަ ބައެއްގެ ގުރުބާނީއާއި މަސައްކަތުން ކަމަށްވާއިރު، ގައުމަށް އަންނަ ސަރުކާރެއްގެ ސަބަބުން ދެ ދުވަހެއްގެ ތެރޭގައި ހަލާކުވެގެންދާނަމަ ރައްޔިތުން އެކަން ބަދަލުކުރަންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ފެހި ސިގްނަލެއް ވިޔަސް ރަތް ސިގްނަލެއް ވިޔަސް މިމީހުންނަށް ދައްކާ ފެންވަރެއް ނެތް. ރަތް ސިގްނަލް ދައްކައިގެން ރަތް ސިގްނަލް މަތީގައި ހުރެވޭ ވަރެއް ނޫން. ފެހި ސިގްނަލް ދެއްކޭ ވަރެއް ނޫން. އެހެންވީމަ އަޅުގަނޑު ދެކޭގޮތުގައި ސިންގަނަލަށް ވުރެ ރަތް ސިގްނަލް ދެއްކޭ ވަރަށް ވުރެ ދަށު ދަރަޖާގައި އެނގޭތޯ ސަރުކާރު މިއޮތީ. އަނެއްކާ އިކޮނޮމިކް މިނިސްޓަރު ދެންނެވީމަ ހަނދާންވަނީ އަޅުގަނޑުމެން މަޖިލީހުގައި ފެނިގެންދިޔައީ ރާއްޖެއަށް ރާއްޖޭގެ މީހުންނަށް ރެސިޑެންޓް ވިސާ ދިނުމަކީ ހަގީގަތުގައި ބޭރުގެ ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރި ކުރުމޭ. އިސްލާމް ދީނަކީ ރާއްޖޭގެ ގާނޫނު އަސާސީ ބުނާ ގޮތުން ރާއްޖޭގެ ދީނަކީ އިސްލާމް ދީން. ސުންނީ މުސްލިމަކަށް ނޫން ހަގީގަތުގައި ރާއްޖޭގެ ރައްޔިތަކަށް ނުވެވޭނެ. މިހެން ގާނޫނު އަސާސީގައި ލިޔެފައި އޮއްވާ އިކޮނޮމިކް މިނިސްޓަރު ތެދުވެފައި މިބުނަނީ ތިމަންނަމެން ޕޮލިސީގައި ހިމަނާފީމޭ . ހިމަނާއިރު ގާނޫނު އަސާސީ ވަނީ ކިހިނެތްތޯ. އެމީހުން މުސްލިމުންތޯ ގެންނަނީ. މުސްލިމުން ނޫންތޯ ގެންނަނީ. އެހެންވެއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންގެ ދީނާ ދޭތެރޭގައި އަޅުގަނޑުމެންގެ ގައުމާ ދޭތެރޭގައި ކިހިނެތްތޯ ފެނިގެންދާނީ. ކިހިނެތްތޯ ވެގެންދާނީ. އަޅުގަނޑުމެންނަކީ އެއްބަހަކުން ވާހަކަ ދައްކާ އެއް ނަސްލެއްގެ އެއް ޖީލެއްގެ އެއް މަޒުހަބެއްގެ މީހުން އުޅޭތަނެއް މިއީ. މިއަދު ކޮބައިތޯ މިކަންކަން
ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް

ޝަރީފް ވިދާޅުވީ މި ސަރުކާރުގައި ތިއްބެވީ އިގްތިސާދު އެއްވެސް ވަރަކަށް އެނގޭ ބައެއް ނޫން ކަމަށާއި، އެކަން ގައުމުން ފެނިގެންދާ ކަމަށެވެ.

މިސަރުކާރުން ކުންފުނިތައް އެއްކުރުމަށް ދާތީ އެކަމަށް އިޝާރާތް ކުރައްވައި ޝަރީފް ވިދާޅުވީ އެކިއެކި ކުންފުނިތަކުން އެކި މިންވަރަށް ލޯނުތައް ނަގާފައިވާއިރު، އެއް ކުންފުނި އަނެއް ކުންފުންޏާ އެއްކޮށްލުމުން އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށާއި، އެކަމުގެ ގެއްލުން އިގްތިސާދަށް ވެސް ކުރާނެ ކަމަށެވެ. އަދި ވިޔަފާރިވެރިންގެ އިތުބާރު ގެއްލޭނެ ކަމަށާއި، އިތުބާރު ގެއްލުމުން ވިޔަފާރި ނުކުރާނެ ނުވަތަ ފައިސާ ދޫނުކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ އިގްތިސާދު ކުރިއެރުވުމަށް އެހެނިހެން ވެސް ހަރުދަނާ ފިޔަވަޅުތައް އެޅޭނެ ކަމަށާއި، ނަމަވެސް ރައްޔިތުންނާ ގައުމަށް ފައިދާވާ ގޮތަށް ހަރުދަނާ ފިޔަވަޅެއް އަޅާ މަންޒަރު ނުފެންނަ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް