Advertisement
ކ. މާލެ
|
4 ސެޕްޓެންބަރ 2024 | ބުދަ 03:11
ވިނަރެސް ކައިރި ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ
ވިނަރެސް ކައިރި ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ
ރާއްޖެއެމްވީ
ވިނަރެސް އެކްސިޑެންޓް
ވިނަރެސް ކައިރިން އެކްސިޑެންޓްވި ކާރު ދުއްވަން އިން އިކްރާމްގެ ބަންދަށް 3 ދުވަސް ޖަހައިފި
އޭނާ މިނިވަންވީ ބަންދުގައި ބެހެއްޓި އިރު ވަކީލެއްގެ ފުރުސަތު ނުދިނުމުން
ފުރަތަމަ ބަންދުކުރީ ޝަރީއަތް ނިމެންދެން

ހުޅުމާލެ ފޭސް 2، ވިނަރެސް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވަން އިން އިބްރާހިމް އިކްރާމްގެ ބަންދަށް 3 ދުވަސް ޖަހައިފިއެވެ.

Advertisement

ފުލުހުން ބުނީ 2024 ޖުލައި 31 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށް އަދި ފަހުން ހައި ކޯޓުން ދޫކޮށްލާފައިވާ މ. ލޭންޑްއޮފްގާޑްން، އިބްރާހިމް އިކްރާމް، ކޯޓު އަމުރެއްގެ ދަށުން ހޯމަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، 3 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އިކްރާމް މިނިވަންވީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމުންނެވެ. އޭނާއަށް ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ނުދީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަކީ ޤާނޫނީ ގޮތުން ރަނގަޅު ކަމެއް ނޫން ކަމަށް ހައިކޯޓުން ނިންމާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް