ކ. މާލެ
|
3 ސެޕްޓެންބަރ 2024 | އަންގާރަ 16:48
މެންޗެސްޓަރ ޔުނައިޓެޑުގެ ސަޕޯޓަރުންނާ ޓެން ހާގް ވާހަކަ ދައްކަނީ
މެންޗެސްޓަރ ޔުނައިޓެޑުގެ ސަޕޯޓަރުންނާ ޓެން ހާގް ވާހަކަ ދައްކަނީ
ރޮއިޓާސް
މެންޗެސްޓާ ޔުނައިޓެޑް
ޓެންހަގަށް އިތުބާރު އެބައޮތް، ވަކިނުކުރާނެ: ޔުނައިޓެޑްގެ ވެރިން
ކޯޗު އެރިކް ޓެންހަގަށް މެންޗެސްޓާ ޔުނައިޓެޑްގެ ވެރިންގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ޗީފް އެގްޒެކްޓިވް އޮމަރު ބެރާޑާ ބުނެފި އެވެ.

ކޯޗު އެރިކް ޓެންހަގަށް މެންޗެސްޓާ ޔުނައިޓެޑްގެ ވެރިންގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ޗީފް އެގްޒެކްޓިވް އޮމަރު ބެރާޑާ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރެމިއާ ލީގުގައި ވާދަވެރި ލިވަޕޫލް އަތުން 3-0އިން ބަލިވުމުން އަމާޒުވެފައިވާ ފަޑުކިއުންތަކާއި ކޯޗުކަމުން ޓެންހަގް ވަކިކޮށްފާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބު ދެމުންނެވެ.

ނިމިދިޔަ ސީޒަނުގެ ފަހުކޮޅު ޔުނައިޓެޑް ހިންގުމާ ހަވާލުވި ބިލިއަނަރު ޖިމް ރަޓްކްލިފޭގެ އިނިއޯސް ގްރޫޕުން ވަނީ މި ސީޒަން ފެށުމުގެ ކުރިން ޓެންހަގްގެ ކޮންޓްރެކްޓް އެއް އަހަރަށް އިތުރުކޮށްފަ އެވެ. ނަމަވެސް އެކަން ކުރީ ވަރަށް ގިނަ ކޯޗުންނާ ވާހަކަ ދެއްކުމަށްފަހު މޮޅު ކޯޗަކު ނުލިބުމުންނެވެ. މިކަމާ ބެހޭ ގޮތުން ވާގަކަ ދައްކަމުން ބެރާޑާ ބުނީ ލިވަޕޫލް އަތުން ބަލިވުމަކީ ކޯޗު ބަދަލުކުރަންޖެހޭ ކަމެއްނޫން ކަމަށެވެ.

"އަހަރުމެން މިތިބީ އުފަލުން އޭނާގެ ކޮންޓްރެކްޓް އާނުކުރެވުނީތީވެ. އެރިކަށް ކުލަބުގެ ފުލް ސަޕޯޓް އެބައޮތް. އަހަރުމެން މިދިޔައީ އޭނާއާއެކު ޓްރާންސްފާ މާކެޓްގައި ވެސް ވަރަށް ގާތުން މަސައްކަތް ކޮށްފައި. އޭނާ އަށް އަަހަރުމެން މިދަނީ އެހީތެރިވަމުން. އަހަރުމެންނަށް ގަބޫލު ކުރެވޭ ގޮތުގައި އޭނާ އަކީ މި ކުލަބަށް އެންމެ ރަނގަޅު ކޯޗު. އޭނާ އަށް އެއްބާރުލުން ދޭނެ،"
ބެރާޑާ ބުންޏެވެ.

އޭނާ އަދި ބުނީ ޔުނައިޓެޑްގައި މިހާރު އޮތް ޓީމާމެދު މެނޭޖްމަންޓުން ހިތްހަމަޖެހޭ ކަމަށާއި އޭގެ ނަތީޖާ ހެޔޮގޮތުގައި ފެނިގެންދާނީ ގިނަ ދުވަހުން ކަމަށެވެ.

ނަމަވެސް ތިން މެޗު ކުޅެގެން ހަޔަރު ޕޮއިންޓާއެކު ޓޭބަލުގެ 14 ވަނާގައި އޮތުމުން ޔުނައިޓެޑްގެ ސަޕޯޓަރުން ދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. މި ގޮތުން ލިވަޕޫލް މެޗުގައި ދަށް ކުޅުމެއް ދެއްކުމުން އެ މެޗަށް ފަހު މިޑްފީލްޑަރު ކަސެމީރޯ އަށް ސަޕޯޓަރުން ވަނީ މަލާމާތްކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް