Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2024 | އަންގާރަ 10:25
ކްރިމިނަލް ކޯޓު - މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކަށް އޭނާ ވަނީ އިންކާރު ކޮށްފައި
ކްރިމިނަލް ކޯޓު - މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކަށް އޭނާ ވަނީ އިންކާރު ކޮށްފައި
މިހާރު
ވައްކަމާ ގުޅޭ މައްސަލަތައް
މާލޭ ގުދަނެއް ފަޅާލައި 55 އިންޗީގެ ޓީވީއެއް ގެންދިޔަ މީހާ 1 އަހަރަށް ޖަލަށް
55 އިންޗީގެ ޓީވީއެއް އޭގެ ފޮއްޓާއެކު ހިފައިގެންދާތަން ފުލުހުންނަށް ވަނީ ފެނިފައި
މި މައްސަލައިގައި އުފުލާފައިވަނީ އެހެން މީހެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ

މާލޭ ގުދަނެއް ފަޅާލައި ވައްކަން ކުރި މައްސަލައިގައި ދައުވާކުރި މީހަކު 1 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ރިޝާމު ރަޝީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ އޭނާ އިތުރު މީހަކާއެކު މާލޭ އޭޖޭއީ އެމްޕޯރިއަމްގެ ގުދަން ފަޅާލައިގެން އެއްޗެހިތަކެއް ގެންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގަކަށްފަހުއެވެ.

މި މައްސަލައިގައި ފުލުހުން އެ ސަރަޙައްދަށް ދިޔައިރު އެ ގުދަން ތެރޭގައި ބަހައްޓާފައި ހުރި 55 އިންޗީގެ ޓީވީއެއް އޭގެ ފޮއްޓާއެކު ހިފައިގެންދާތަން ފުލުހުންނަށް ވަނީ ފެނިފައެވެ.

Advertisement

މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ. އެހެންކަމުން ދައުލަތުން ދައުވާ ސާބިތު ކުރުމަށްޓަކައި ހެކި ހުށަހަޅާފައިވެއެވެ.

ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މި މައްސަލައިގައި އުފުލާފައިވާ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް ވަނީ 1 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ ސޮފްވަތު ޙަބީބެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް