ކ. މާލެ
|
3 ސެޕްޓެންބަރ 2024 | އަންގާރަ 07:08
އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން ދަރިފުޅު މަރުވުމުން މަންމަ އެކުއްޖާގެ ހަށިގަނޑާއެކު އިނދެ ހިތާމަ ކުރަނީ
އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން ދަރިފުޅު މަރުވުމުން މަންމަ އެކުއްޖާގެ ހަށިގަނޑާއެކު އިނދެ ހިތާމަ ކުރަނީ
އޭޕީ
ޣައްޒާ ހަނގުރާމަ
ގޮތް ދޫނުކޮށް ހަނގުރާމަ ކުރިއަށް ގެންދާނަމަ، ބާކީ ތިބި ރަހީނުން އާއިލާތަކަށް ރައްދު ކުރާނީ ސަންދޯކުގައި: ހަމާސް
އިޒްރޭލުގެ ފައުޖުތަކުން ގެންދަނީ ޣައްޒާގެ އިތުރުން ހުޅަނގު އައްސޭރި އަށް އަރާ ހަމަލާ ދެމުންނެވެ. ޖެނީން ރެފިއުޖީ ކޭމްޕް އިޒްރޭލުން ހިސޯރުކޮށްގެން ތިބޭތާ މިހާރު ހަވަނަ ދުވަސް ފާއިތުވެފައިވާއިރު އެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ މީހުންނަށް ކާބޯތަކެއްޗާއި، ފެނާއި، ކަރަންޓު އަދި އިންޓަނެޓް ލިބުން ވަނީ ހުއްޓުމަކަށް އައިސްފައި

އިޒްރޭލުން ގޮތްދޫނުކޮށް ހަނގުރާމަ ކުރިއަށް ގެންދާނަމަ ހަމާސް އިން ރަހީނު ކޮށްފައި ތިބި އިޒްރޭލު މީހުން އާއިލާތަކަށް ރައްދު ކުރާނީ ސަންދޯކުގައި ކަމަށް އެ ޖަމާއަތުގެ ހަތިޔާރު އެޅި ގޮފިން ބުނެފިއެވެ.

ގައްސާމް ބްރިގޭޑްސް އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔަހޫދީ ސިފައިން އެމީހުންނާ ކުރިމަތިލާން އަތުވެއްޖެނަމަ ރަހީނުންނާ މެދު އަމަލު ކުރަންވީ ގޮތުގެ އައު އިރުޝާދުތައް ދީފައިވާނެ ކަމަށެވެ.

"ސުލްހައިގެ އެއްބަސްވުމަކަށް އައުމުގެ ބަދަލުގައި ބާރުގެ ބޭނުން ކޮށްގެން ހައްޔަރު ކޮށްފައި ތިބި މީހުން މިނިވަން ކުރުމަށް (އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން) ނަތަންޔާހޫ މަސައްކަތް ކުރާ ނަމަ، ރަހީނުން އެމީހުންގެ އާއިލާތަކަށް ރައްދު ކުރާނީ ސަންދޯކުގައެވެ. އެމީހުންގެ އާއިލާތަކުން ޚިޔާރުކުރަންވީ އެމީހުން އަނބުރާ ގެންނާނީ ދިރިތިއްބާތޯ ނުނީ މަރުވެފައި ތިއްބާތޯ،" ހަ ރަހީނެއްގެ މަރުވެފައިވާ ހަށިގަނޑު އިޒްރޭލް ސިފައިން ހޯދިތާ ދެ ދުވަސް ފަހުން ގައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ އުބައިދާ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ރަހީނުކޮށްފައި ތިބި މީހުން ދޫކުރުމަށް އެއްވެސް އެއްބަސްވުމަކަށް އައުމަށް ނަތަންޔާހޫ އާއި އިޒްރޭލުގެ އަސްކަރިއްޔާއިން ގަސްތުގައި ހުރަސްއެޅުމަށްފަހު، އެއިން މީހަކު މަރުވުމުން އަކަމުގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނީ ނަތަންޔާހޫ އާއި އިޒްރޭލުގެ އަސްކަރިއްޔާ އިން ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

ޤައްސާމް ބްރިގޭޑްސްގެ މި ބަޔާން ނެރުނީ ދެކުނު ޣައްޒާގެ ރަފާ ސަރަޙައްދުގެ ބިމުގެ އަޑީގައި ހަދާފައިވާ މަގަކުން ހޯދުނު އިޒްރޭލުގެ 6 މީހުންގެ ހަށިގަނޑަކީ، ހަމާސް އިން މަރާލާފައިވާ ބައެއް ކަމަށް ނަތަންޔާހޫ ވިދާޅުވެފައި ވަނިކޮށްނެވެ.

"އެމީހުން ދިރިތިއްބާ ނުގެނެވުނު ކަމަށްޓަކައި މާފަށް އެދެން،" ޓީވީން ދެއްކި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަތަންޔާހޫ ވިދާޅުވިއެވެ.

މަރުވެފައިވާ ހަ ރަހީނުންގެ ހަށިގަނޑު އިޒްރޭލް ސިފައިން ހޯދި ޚަބަރާ އެކު އިޒްރޭލުގައި ނަތަންޔާހޫ އާ ދެކޮޅަށް އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ އެނާގެ އިސްތިއުފާއަށް ގޮވާ ބާކީތިބި ހޮސްޓެޖުން ދިރިތިއްބާ އަނބުރާ ގެނައުމަށް ގޮވާލަމުން މުޒާހަރާ ކުރާތާ މިހާރު ދެދުވަސް ވެއްޖެއެވެ.

އިޒްރޭލުގައި ހިނގަމުންދާ މުޒާހަރާ އަށް އިޝާރާތް ކުރައްވާ ނަތަންޔާހޫ ވިދާޅުވީ، ޕްރޝަރަށް ދީލާ ނުލައްވާނެ ކަމަށެވެ. އަދި ރަހީނުން މަރުވުމާ ގުޅިގެން ހަމާސް އިން އެކަމުގައި ބޮޑު އަގެއް ދަށްކަން ޖެހޭނެ ކަމުގައެވެ.

އަނެއްކޮޅުން، ޣައްޒާގައި ހިންގަމުންދާ ހަ ދުވަހުގެ ޕޯލިއޯ ވެކްސިން ކެމްޕޭނުގެ ފުރަތަމަ ދެ ދުވަހުގެ ތެރޭގައި 158,992 ކުދިންނަށް ވެކްސިން ދެވިއްޖެކަމަށް ޣައްޒާ ގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނެފައިވެއެވެ. މި ކެމްޕޭނުގެ އަމާޒަކީ 640,000 ކުދިންނަށް ވެކްސިން ދިނުން ކަމަށް ބުނެއެވެ.

އިޒްރޭލުގެ ފައުޖުތަކުން ހުޅަނގު އައްސޭރި އަށް އަރާ ދެމުންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު މަދުވެގެން 30 އަށް އަރައިފި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖެނީން ރެފިއުޖީ ކޭމްޕް އިޒްރޭލުން ހިސޯރުކޮށްގެން ތިބޭތާ މިހާރު ހަވަނަ ދުވަސް ފާއިތުވެފައިވާއިރު އެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ މީހުންނަށް ކާބޯތަކެއްޗާއި، ފެނާއި، ކަރަންޓު އަދި އިންޓަނެޓް ލިބުން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 40,786 ށް އަރާފައިވާއިރު، 94,224 މީހުން އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވެފައިވެއެވެ.

- ކޮމެންޓް
4 ސެޕްޓެންބަރ 2024 | ބުދަ 00:32
މޯޑް
އަދިވެސް ލިޔަނީ ނަތަންޔާހޫ ވިދާޅުވިއްޔޭކިޔާ އެންމެ މާތް ބަހުން. މިކަން ރަނގަޅު ކޮށްލަން އެބަ ޖެހޭ ނޫސްވެރިން