ކ. މާލެ
|
2 ސެޕްޓެންބަރ 2024 | ހޯމަ 12:00
ކަސެމީރީގެ އަންހެނުން ދައްކާލި ތަށި ހަރުގަނޑު
ކަސެމީރީގެ އަންހެނުން ދައްކާލި ތަށި ހަރުގަނޑު
އިންސްޓަގްރާމް
މެންޗެސްޓާ ޔުނައިޓެޑް
މަލާމާތްކުރުމުން، ކަސެމީރޯގެ އަންހެނުން ދައްކާލީ ތަށި ހަރުގަނޑު
ލިވަޕޫލް އަތުން 3-0އިން މެންޗެސްޓާ ޔުނައިޓެޑް ރޭ ބަލިވި މެޗުގައި ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ ދެއްކި ކުޅުމާމެދު ހިތްހަމަ ނުޖެހިގެން, ސަޕޯޓަރުން މަލާމާތް ކުރުމުން އޭނާގެ އަންހެނުން ހިމޭން ރައްދެއް ދީފި އެވެ.

ލިވަޕޫލް އަތުން 3-0އިން މެންޗެސްޓާ ޔުނައިޓެޑް ރޭ ބަލިވި މެޗުގައި ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ ދެއްކި ކުޅުމާމެދު ހިތްހަމަ ނުޖެހިގެން, ސަޕޯޓަރުން މަލާމާތް ކުރުމުން އޭނާގެ އަންހެނުން ހިމޭން ރައްދެއް ދީފި އެވެ.

ރެއާލް މެޑްރިޑުން މެންޗެސްޓާ ޔުނައިޓެޑަށް ގެނައި ކުޅުންތެރިޔާގެ އަންހެނުން އަންނާ މާރިއާނާ ވަނީ އޭނާގެ އިންސްޓަގްރާމުގައި ކަސެމީރޯގެ ފުޓްބޯޅަ ކެރިއަރުގައި ހޯދާފައިވާ ތަށިތައް ފެންނަ ފޮޓޯއެއް ދައްކާލައިފަ އެވެ. އިނގިރޭސި މީޑިއާތަކުން ބުނަނީ މިއީ ސަޕޯޓަރުންނަށް ދީފައިވާ ރައްދެއް ކަމަށެވެ.

ލިވަޕޫލްގެ ފުރަތަމަ ދެ ލަނޑާއި އޮފްސައިޑްވި ލަނޑަކީ ކަސެމީރޯ އަތުން ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައިގެން ޖެހި ގޯލުތަކެކެވެ. މިހެންވެ ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ މެޗު ނުނިމެނީސް އޭނާ އަށް ވަރަށް ބޮޑަށް މަލާމާތްކޮށްފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ކަސެމީރޯ - ރޮއިޓާސް

އުމުރުން މިހާރު 32 އަހަރުގެ ކަސެމީރޯ ވަނީ މިހާތަނަށް 25 ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑްގައި ޗެމްޕިއަންސް ލީގު ވަނީ ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި ބްރެޒިލްގެ ސައުޕޯލޯގައި ހޯދި ދެ ތައްޓާއި މެންޗެސްޓާ ޔުނައިޓެޑްގައި ހޯދި އެފްއޭކަޕާއި ކާލިން ކަޕް ވެސް ހިމެނެ އެވެ. ސަޕޯޓަރުން މަލާމާތް ކުރި ނަމަވެސް ކަސެމީރޯ މިކަމާމެދު ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް ޔުނައިޓެޑުން މި ސީޒަން ފެށުމުގެ ކުރިން އޭނާ ވިއްކާލަން މަސައްކަތް ކުރި އެވެ. އެކަން ނުވީ އެކަށީގެންވާ އަގެއް ނުލިބުމުންނާއި ކުޅުންތެރިޔާ ކޮންމެ ކޮންމެ ކުލަބަކަށްދާން ބޭނުންނުވުމުންނެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެންހަގް ބުނީ އޭނާގެ ޓީމުގައި ތަޖުރިބާކާރު މަދު ކުޅުންތެރިންތަކެއް ތިއްބަސް ޓީމުގެ ބޮޑު ބަޔަކީ ޒުވާން ކުޅުންތެރިން ކަަމަށާއި ޓީމު ހަމަޔަކަށް އެޅެން ވަގުތު ބޭނުންވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް
3 ސެޕްޓެންބަރ 2024 | އަންގާރަ 10:00
ޔުނައިޓެޑް ސަޕޯޓަރެއް
ޓެންހާގު ހުރިހައި ދުވަހަކު ޔުނައިޓެޑް ހަމަޔަކަށް ނޭޅޭނެ! ވަޤުން އިސްތިއުފާ ދިނުމަށް ގޮވާލަން!