ކ. މާލެ
|
2 ސެޕްޓެންބަރ 2024 | ހޯމަ 11:51
ރެއާލް އިން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު އެމްބާޕޭ އުފާ ފާޅު ކުރަނީ
ރެއާލް އިން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު އެމްބާޕޭ އުފާ ފާޅު ކުރަނީ
ރޮއިޓާސް
ސްޕެނިޝް ލީގު
ރެއާލް މޮޅުވީ އެމްބާޕޭ ޖެހި ދެ ލަނޑުން
މިއީ ފްރާންސްގެ ޕީއެސްޖީ ދޫކޮށް ރެއާލަށް ބަދަލުވި އެމްބާޕޭ، ސްޕެނިޝް ލީގުގައި އެ ޓީމަށް ލަނޑު ޖަހައިދިން ފުރަތަމަ މެޗެވެ.

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން އެ ޓީމު މޮޅުވީ 2-0 އިންނެވެ. މެޗުގައި ރެއާލް އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް ރެއާލުން ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ރެއާލްގެ ދެ ލަނޑު ވެސް ޖެހީ، އައު ސީޒަނާަ ދިމާކޮށް އެ ޓީމުން ހޯދި ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. މެޗުގެ 67 ވަނަ މިނެޓުގައި ރެއާލްގެ ފުރަތަމަ ލަނޑު އޭނާ ޖެހީ ފެޑެރިކޯ ވަލްވާޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން ރެއާލްގެ ދެ ވަނަ ލަނޑު 75 ވަނަ މިނެޓުގައި އޭނާ ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ.

މިއީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް ރެއާލަށް ބަދަލުވި އެމްބާޕޭ، ސްޕެނިޝް ލީގުގައި އެ ޓީމަށް ލަނޑު ޖަހައިދިން ފުރަތަމަ މެޗެވެ. މީގެ ކުރިން ރެއާލުން ސްޕެނިޝް ލީގުގައި ކުޅުނު ދެ މެޗުގައި އެމްބާޕޭ ކުޅުނު ނަމަވެސް، އޭނާ އަށް ލަނޑެއް ނުޖެހެ އެވެ. ނަމަވެސް ރެއާލަށް ބަދަލުވެ އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި އެމްބާޕޭ ލަނޑު ޖެހި އެވެ. އެއީ ޔުއެފާ ސުޕަ ކަޕްގެ ފައިނަލްގައި އެޓަލަންޓާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް