ކ. މާލެ
|
2 ސެޕްޓެންބަރ 2024 | ހޯމަ 11:49
ޗެލްސީ އަދި ޕެލެސް ކުޅުނު މެޗުގެ ތެރެއިން
ޗެލްސީ އަދި ޕެލެސް ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގު
ޕެލެސް ކައިރިން ޗެލްސީ އެއްވަރު
މިހާތަނަށް ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ޗެލްސީ އޮތީ ވެސް 11 ވަނައިގަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ އެއްވަރުވެއްޖެ އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ ވެސް ޗެލްސީންނެވެ. ނަމަވެސް ޕެލެސް އިން ވަނީ ދެ ވަނަ ހާފުގައި ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ޗެލްސީ އަށް ލަނޑު ޖަހައި ލީޑު ނަގައިދިނީ ނިކޮލަސް ޖެކްސަން އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޗެލްސީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިންގްލެންޑުގެ ކޯލް ޕާމާ އެވެ. ނަމަވެސް ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި ޕެލެސް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ޕެލެސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެބްރެޗީ އެޒޭ އެވެ.

މިއީ އައު ސީޒަންގެ ޕްރިމިއާ ލީގުގައި ޗެލްސީން ކުޅުނު ތިން ވަނަ މެޗެވެ. އައު ކޯޗު އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޗެލްސީ ވަނީ އެއް މެޗުން މޮޅުވެފަ އެވެ. އަނެެއް މެޗުން ބަލިވެފައިވާއިރު، ތިން ވަނަ މެޗު އެއްވަރުވީ އެވެ. މިހާތަނަށް ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ޗެލްސީ އޮތީ ވެސް 11 ވަނައިގަ އެވެ.

- ކޮމެންޓް