ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓު (ޕީޓީއޭ) ގެ ދަށުން ރާއްޖެއިން ބޭރުކުރާ 38 ބާވަތަކުން ޑިއުޓީ ކަނޑާލުމަށް ހުށަހެޅިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި ތުރުކީ އާއި ދެމެދު ޕީޓީއޭގައި ސޮއި ކުރުމުގެ މަޝްވަރާތައް ފަށާފައިވަނީ 2024 މާރިޗު މަހުއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޕީޓީއޭގެ ދަށުން 214 ބާވަތަކަށް ރާއްޖެއިން ހުށަހެޅިކަމަށާއި، އަދި އޭގެ ތެރެއިން 38 ބާވަތެއްގެ %100 ޑިއުޓީ ކަނޑާލުމަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި ބާކީ ހުރި ބާވަތްތަކުގެ ޑިއުޓީވެސް މިހާރު ނަގާ އަގަށް ވުރެ ކުޑަ ކުރުމަށް ހުޑަހެޅުނު ކަމަށެވެ.
ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓު ތަކަކަށް އަޅުގަނޑުމެން މިދަނީ އިނގޭތޯ. އޭގެ ތެރެއިން 214 އައިޓަމްއެއް އަޅުގަނޑުމެން ރިކުއެސްޓް ކުރީ ރާއްޖެއަށް ދޭން. އޭގެ ތެރެއިން 100 ޕަސެންޓް ޑިއުޓީ ކަނޑާލަން މިދިނީ 38 އައިޓަމެއްގަ. ދެން ހުރި އައިޓަމްތަކަކީ ތުރުކީގެ މިހާރު ނަގާ ޑިއުޓީ އަށްވުރެން ވަރަށް ބޮޑު ތަނުން ކުޑަކޮށްދިނީ. މިއީ މީގެ ކުރިން އެއްވެސް ވަރަކަށް ލިބިފަ ހުރި އައިޓަމް ތަކެއް ނޫންއިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު
ނަމަވެސް، 2023 ވަނަ އަހަރުގެ އެމް.ސީ.އެސް ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ އަހަރު ތުރުކީއަށް ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވަނީ 1000 ޑޮލަރަށްވުރެ މަތީ އަގުގެ އެންމެ 2 ބާވަތެއް (އެޗް.އެސް ކޯޑް) އެވެ. މި 2 ބާވަތުގެ އެކްސްޕޯޓްގެ އަގަކީ ގާތްގަނޑަކަށް 10.5 މިލިއަން ރުފިޔާއެވެ. މިއީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އެކްސްޕޯޓްގެ 0.5 އިންސައްތައަށްވުރެ ކުޑަ އަދަދެކެވެ.
ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރެވިދާނެ ގިނަ އަދަދެއްގެ ތަކެތީގެ ވާހަކަ ދެއްކުމަކީ މާނައެއް ނެތް ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި މިނިސްޓަރުގެ ވާހަކަފުޅަށް ފާޑުކިއަމުންނެވެ.