Advertisement
ކ. މާލެ
|
1 ސެޕްޓެންބަރ 2024 | އާދީއްތަ 13:21
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއިލާއާއެކު ސިންގަޕޫރުގައި
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއިލާއާއެކު ސިންގަޕޫރުގައި
ރައީސް ސިންގަޕޫރު ދަތުރުފުޅު
ސިންގަޕޫރުގައި ރައީސްގެ ފޮޓޯ ނެގި ދިވެއްސެއްގެ ފޯނު ހިފަހައްޓައިފި
އޭނާގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވަނީ އޭނާ ރާއްޖެ އައިސް ފްލައިޓުން ފޭބި ވަގުތު
އެކަމާ ގުޅޭގޮތުން ފުލުހުންނާ ސުވާލު ކުރުމުން ފުލުހުންވެސް ވަނީ އެކަން ކަށަވަރު ކޮށްދީފައި

ރައީސް ޑރ މުޙައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި އަމިއްލަ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުގެ ފޮޓޯއެއް ނެގި މައްސަލައެއްގައި ދިވެއްސެއްގެ ފޯނު ހިފަހައްޓައިފިއެވެ.

އޭނާގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވަނީ އޭނާ ރާއްޖެ އައިސް ފްލައިޓުން ފޭބި ވަގުތުއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންނާ ސުވާލު ކުރުމުން ފުލުހުންވެސް ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.

Advertisement

އެ ފޮޓޯ އާންމުކުރީ ޓްވިޓަރ އެކައުންޓަކުންނެވެ. ފޮޓޯގައި ފެންނަނީ ރައީސް މުއިއްޒު އާއިލާއާއެކު ޝޮޕިންގ މޯލެއްގައި ހުންނަވާ މަންޒަރެވެ. އަރިހުގައި ސިފައިންވެސް ތިބެއެވެ.

އެ ފޮޓޯ ތަކުގައި ފެންނަ އެސްޕީޖީ އިން ގެ އަތުގައި ގިނަ ޝޮޕިންގ ބޭގް ހުރިކަން އެ ފޮޓޯތަކަށް ކޮމެންޓް ކުރި ބައެއް މީހުން ވަނީ ފާހަގަ ކޮށްފައިވެއެވެ.

ޑޮކްޓަރަށް ދައްކަވަން ސިންގަޕޫރަށްކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބުދަ ދުވަހުގެ ރޭ ވަނީ ރާއްޖެ ވަޑައިގެންފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް
1 ސެޕްޓެންބަރ 2024 | އާދީއްތަ 14:33
ޙަހަހަ
ސާބަސް ތީ މީހުން ފޮޓޯ ނަގަން ސެލެބްރިޓީ އެއް ވިއްޔަ.. ދެން ތިވަރުން މީހުން އުޅޭ ތަންތަނަށް ނުދާން ވީނު..