Advertisement
ކ. މާލެ
|
31 އޯގަސްޓް 2024 | ހޮނިހިރު 15:19
ރަހީނުކުރި އަންހެން މީހާގެ މައްސަލާގައި ހައްޔަރުކުރި އާދަމް އަތުހަރު
ރަހީނުކުރި އަންހެން މީހާގެ މައްސަލާގައި ހައްޔަރުކުރި އާދަމް އަތުހަރު
އެމްވީކްރައިސިސް
އަންހެނަކު ރަހީނުކޮށް ބިރުދެއްކި މައްސަލަ
ރަހީނުކުރި އަންހެން މީހާގެ މައްސަލާގައި ހައްޔަރުކުރި އަތުހަރު އަނެއްކާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
އޭނާ އެއްކޮށް ސްޓޭބަލް ނޫން، ކަސްޓޯޑިއަލްއަށް ގެންދިޔުމުން ކަންބޮޑުވާ ކަމަށް އާއިލާއިން ބުނޭ
މިހާދިސާއާ ގުޅިގެން ފުލުހުން އަމަލުކުރި ގޮތަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުން
މިމައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން

ރަހީނުކުރި އަންހެން މީހާގެ މައްސަލާގައި ހައްޔަރުކުރި ފިރިހެން މީހާ ހޮސްޕިޓަލުން ދޫކޮށްލުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިހާދިސާ ހިނގީ 29 އޯގަސްޓް 2024 ވީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. 32 އަހަރުގެ އާދަމް އަތުހަރު ވަނީ އަންހެނަކު ރަހީނުކޮށް ކަރުގައި ވަޅި ޖައްސާ ބިރު ދައްކާފައެވެ. އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން ކުރި މަސައްކަތުން އޭނާ އަށް ވަރަށް ބޮޑަށް އަނިޔާވިއެވެ.

ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ ހެނދުނު މި މީހާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

އަތުހަރަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު ހުކުރު ދުވަހުގެ ހެނދުނު ކަސްޓޯޑިއަލްއަށް ގެންދިޔަ އެވެ. ނަމަވެސް އޭނާގެ ހާލު ކުއްލިއަކަށް ސީރިއަސްވުމާއެކު ހުކުރު ދުވަހުގެ ހަވީރު އައިޖީއެމްއެޗްއަށް ގެންގޮސް އެޑްމިޓް ކުރިއެވެ.

Advertisement

އަތުހަރުގެ އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާގެ ހާލު ފުލުހުން ތަފްސީލުކޮށް ކިޔާދީފައިނުވެއެވެ. އޭނާ އެއްކޮށް ސްޓޭބަލް ނޫން ކަމަށާއި، އެއްކޮށް ރަނގަޅު ނުވަނީސް ކަސްޓޯޑިއަލްއަށް ގެންދިޔުމުން ކަންބޮޑުވާ ކަމަށް އާއިލާއިން ބުނެފައިވެއެވެ.

މިހާދިސާއާ ގުޅިގެން ފުލުހުން އަމަލުކުރި ގޮތަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ފުލުހުން ކުރީ ހިތްވަރުގަދަ މަސައްކަތެއް ކަމަށާއި، ފުލުހުންގެ މަސައްކަތުން ރަހީނުކޮށްފައިވާ އަންހެނެއް ސަލާމަތް ކުރެވުނު ކަމަށެވެ. އަދި ވިދާޅުވީ އެކަމަށްޓަކައި ފުލުހުންނަށް ސާބަސް ދަންނަވާ ކަމަށެވެ. މީގެ އިތުރުން ރަހީނުކުރި ހާދިސާގައި ހަރަކާތްތެރިވި ފުލުހުންނާއެކު ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވެސް ވަނީ ބައްދަލުކުރައްވައި އެ ފުލުހުންގެ މަސައްކަތަށް ތައުރީފު ކުރައްވާފައެވެ.

ފުލުހުން ދަނީ މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް