Advertisement
ކ. މާލެ
|
31 އޯގަސްޓް 2024 | ހޮނިހިރު 10:13
ނިމިދިޔަ ސަރުކާރުން ދޭން ނިންމި، ފްލެޓާއި ގޯތި ދިނުން ލަސްވާތީ ބޭއްވި މުޒާހަރާއެއްގެ ތެރެއިން
ނިމިދިޔަ ސަރުކާރުން ދޭން ނިންމި، ފްލެޓާއި ގޯތި ދިނުން ލަސްވާތީ ބޭއްވި މުޒާހަރާއެއްގެ ތެރެއިން
ރާއްޖެއެމްވީ
ފްލެޓް އާއި ގޯތި މުޒާހަރާ
ފަސް ފޫޓުގެ ކޮޓަރިއެއްގައި ދިރިއުޅެން މިސަރުކާރުން ވަނީ މަޖުބޫރުކޮށްފައި: މުޒާހަރާގެ ބައިވެރިން
މި މުޒާހަރާއަކީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާއެއް
ފަސްފޫޓު ކޮޓަރިއެއްގައި ދިރިއުޅެމުންދަނީ ވަރަށް ދަތި ހާލުގައި
އާއްމު ރައްޔިތުންގެ ޝަރަފާއި އިއްޒަތް ނެތް

ފަސް ފޫޓުގެ ކޮޓަރިއެއްގައި ދިރިއުޅެން މަޖުބޫރުކޮށްފައިވާ ކަމަށާއި، މިނިވަންކަން އިހުސާން ނުވާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފިއެވެ.

ހުކުރު ދުވަހުގެ ރޭ ލޮނުޒިޔާރަތްކޮޅުގައި ގޯއްޗާއި ފްލެޓް ނުދީ ލަސްވާތީ އެކަމާ ދެކޮޅަށް އުޑުއުފުލާ ވަނީ މުޒާހަރާކޮށްފައެވެ. މި މުޒާހަރާއަކީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާއެކެވެ.

ހުކުރު ދުވަހުގެ ރޭ 9:00 ގައި ފެށި މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ގޯއްޗާއި، ފްލެޓާއި ގުޅޭގޮތުން ދެއްކި ވާހަކަފުޅުތަކަށް އިޝާރާތްކޮށް، އެކަން ހަނދާން ކޮށްދީފައެވެ. އަދި ބޯހިޔާވަހިކަމާ ގުޅޭގޮތުން ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތަކަށް ވެސް އަލިއަޅުވާލާފައިވެއެވެ.

Advertisement

މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ މިނިވަންކަން އިހުސާން ކޮށްދިނުމަށް ވަޑައިގެންނެވި ރައީސް މުއިއްޒުގެ ސަރުކާރުގައި ފްލެޓާއި ގޯތި ދޫނުކޮށް ހިފަހައްޓަމުންދާތީ ކަންބޮޑުވާ ކަމަށެވެ. މިހާރު ވެސް ދިރިއުޅެމުންދަނީ ފަސްފޫޓުގެ ކޮޓަރިއެއްގައި ކަމަށާއި، ނިދަމުންދަނީ ޑިއުޓީ ބަހައިގެން ކަމަށެވެ. އަދި އެކޮޓަރީގައި ދަރިންނާއި، މައިންބަފައިން ގޮވައިގެން ވަރަށް ދަތި ހާލުގައި ދިރިއުޅެމުންދާކަން އެމީހުން ފާހަގަކޮށްފައިވެއެވެ.

މިސަރުކާރުން އާބާދީ އިތުރުކުރުމަށް ގޮވާލަމުންދާތީ އެކަމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ފާޑުކިޔާފައެވެ. އެމީހުން ބުނެފައިވަނީ ވަންނާނެ ގެދޮރެއް ނެތް ކަމަށާއި، މިއަދު އާއްމު ރައްޔިތުންގެ ޝަރަފާއި އިއްޒަތް ނެތް ކަމަށެވެ.

މިނިވަންކަން އިހުސާސް ވަނީ ކިހިނެތްހޭ ފަސް ފޫޓު ކޮޓަރިއެއްގައި ދަރިން ގޮވަައިގެން މައިންބަފައިން ގޮވައިގެން އުޅެން ޖެހުނީމަ. މިނިވަންކަން އިހުސާސް ވަނީ ކިހިނެތްހޭ ފަސް ފޫޓު ކޮޓަރިއެއްގައި ނިދަން ޖެހުނީމަ، ޑިއުޓީ ބަހައިގެން ނިދަން ޖެހުނީމަ. މިއީ މަނިކުފާނު ދައްކާފައި ހުރި ވާހަކަ. މިނިވަންކަން އިހުސާސް ވާނީ ގެދޮރުވެރި ލިބިގެންނޭ. ކޮބައިތޯ ޝަރަފު، ކޮބައިތޯ މިނިވަންކަން، ކޮބައިތޯ އިއްޒަތު.
ނިމިދިޔަ ސަރުކާރުން ދޭން ނިންމި، ފްލެޓާއި ގޯތި ދިނުން ލަސްވާތީ ބޭއްވި މުޒާހަރާއެއްގެ ތެރެއިން

ގޯއްޗާއި ފްލެޓު ދިނުމުގައި މިސަރުކާރުން އިހުމާލުވަމުންދާކަން ފާހަގަކޮށް މުޒާހަރާގެ ބައިވެރިން ބުނީ ގުޅީފަޅާއި، ހުޅުމާލެ-ފޭސް 3 ހިއްކަމުން ނުދާ ކަމަށެވެ. މާލީ ހާލަތު ތަން ނުދޭ ކަމަށްވާނަމަ ހަގީގަތް ހާމަކޮށްދިނުމަށް ވެސް އެމީހުން ގޮވާލާފައިވެއެވެ.

މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ވަނީ ރައްޔިތުން މަޖިލީހުގައި ތިއްބެވި މާލޭގެ 13 މެންބަރުން މުޒާހަރާގައި ބައިވެރިވުމަށް ގޮވާލާފައެވެ. ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތް ދިނުމަށާއި، ރައްޔިތުންނާ ބައްދަލުކޮށް، ކަންބޮޑުވުންތައް އަޑުއެހުމަށް އެދިފައިވެއެވެ.

ކުރިއަށް އޮތްތަނުގައި ގޯއްޗާއި ފްލެޓް ނުދީ ލަސްވާ މައްސަލާގައި ކުރިއަށް ގެންދާ މުޒާހަރާ އިތުރަށް ފުޅާކުރާނެ ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް