Advertisement
ކ. މާލެ
|
30 އޯގަސްޓް 2024 | ހުކުރު 15:09
އިޒްރޭލުގެ ނުރައްކާތެރި ޙަމަލާތަކަށްފަހު ޣައްޒާގެ އެކި ހިސާބުތަކުގައި ހިތާމަފާޅުކުރުން
އިޒްރޭލުގެ ނުރައްކާތެރި ޙަމަލާތަކަށްފަހު ޣައްޒާގެ އެކި ހިސާބުތަކުގައި ހިތާމަފާޅުކުރުން
އޭޕީ
ފަލަސްތީނަށް ކުރާ ދުޢާ ހުއްޓާލުން
ފަލަސްތީން މުސްލިމުންނަށް ނަސްރު ދެއްވުން އެދި ހުކުރު ޚުތުބާގައި ކިޔަމުން އައި ދުއާ ހުއްޓާލައިފި
ޣައްޒާ ހަނގުރާމަ ފެށުމާއެކު ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި ފަލަސްތީން ރައްޔިތުންނަށް ނަސްރު ދެއްވުން އެދި ކިޔަމުން އައި ގުނޫތު 04 ފެބްރުއަރީ 2024 ގައި ސަރުކާރުން އަންގައިގެން ވަނީ ހުއްޓާލާފަ

ކޮންމެ ހުކުރު ދުވަހަކު ފަހު ޚުތުބާގައި އިޒްރޭލުގެ ސަހްޔޫނީ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިކުރަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށްދިނުމުގެ ގޮތުން ކުރަމުން އައި ދުއާ ހުއްޓާލައިފިއެވެ.

ޔަހޫދީ ސިފައިން ހުސްވި އަހަރު އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޣައްޒާ އަށް އަރާ ހިންގަން ފެށި ހަނގުރާމަ އާ ގުޅިގެން ފަލަސްތީން ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ގެއްލުންތަކުން ސަލާމަތްކޮށްދެއްވުން އެދި ރާއްޖޭގެ މިސްކިތްތަކުގައި ގުނޫތް ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓަރީން އެންގީ 11 އޮކްޓޯބަރ 2023 ވަނަ ދުވަހުން ފެށިގެންނެވެ. އިސްލާމިކް މިނިސްޓްރީން އޭރު ހަމަ ޖެއްސީ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުއަތުގެ އިއުތިދާލުގައި ޤުނޫތު ނާޒިލާ ކިޔާ ގޮތަށެވެ.

މި ގޮތުން ކިޔަމުން ދިޔަ ގުނޫތު ހުއްޓާލީ އިސްލާމިކް މިނިސްޓްރީން އަންގައިގެން 04 ފެބްރުއަރީ 2024 ގައެވެ.

ކޮންމެ ދުވަހަކު ނަމާދުގައި ކިޔަމުން އައި ގުނޫތު ހުއްޓާލި ނަމަވެސް މި ދިޔަ ހުކުރުދުވަހާ ހަމަ އަށް ކޮންމެ ހުކުރު ޚުތުބާއެއްގައި ފަލަސްތީން ރައްޔިތުންނަށް ނަސްރު ދެއްވުން އެދި އައީ ދުއާ ކުރަމުންނެވެ.

Advertisement

އެހެން ނަމަވެސް މިއަދުގެ ހުކުރު ޚުތުބާގައި ދިގުމުއްދަތަކަށް ކިޔަމުން އައި ދުއާ ހިމެނިފައެއް ނުވާކަން ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފައެވެ.

ފަޟީލަތުއްޝައިޚު ޑރ.ހަމްދާނު ބުނު ޙުމައިދު އައްސުލަމީ ލިޔުއްވާ، ޚުތުބާ ކޮމިޓީން ފާސްކޮށްފައިވާ މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ ދީނައްޓަކައި ޚިދުމަތް ކުރުމެވެ.

ބައިނަލްއަގްވާމީ ގާނޫނުތަކަށާއި އދ ގެ ނިންމުންތަކަށް ގޮންޖަހާ ޣައްޒާ އަށް ޔަހޫދީ އިޒްރޭލު ސިފައިން އަރާ ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 40,602 މީހުން ޝަހީދުވެ، 93,855 މީހުން ވަނީ ޒަޚަމްވެފައިވެއެވެ.

ޣައްޒާގެ އިތުރުން ޔަހޫދީ ސިފައިން މިހާރު ގެންދަނީ ހުޅަނގު އައްސޭރިއަށް އަރާ އެތައް ސިޓީ އަކަށް އެއްފަހަރާ ހަމަލާތައް ދެމުންނެވެ. ހުސްވި ހަފްތާގައި ހިންގަން ފެށި މި އުދުވާނުގައި މިހާތަނަށް ހުޅަނގު އައްސޭރިންވެސް އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް