Advertisement
ކ. މާލެ
|
30 އޯގަސްޓް 2024 | ހުކުރު 13:32
މާލެ ސިޓީ މޭޔަރ އާދަމް އާޒިމް
މާލެ ސިޓީ މޭޔަރ އާދަމް އާޒިމް
މާލެ ސިޓީ ކައުންސިލް
މާރުކޭޓް ގޮޅިތަކުގައި ބިދޭސީން ތިބުން
މާރުކޭޓް ގޮޅިތަކުގައި މަސައްކަތް ކުރާ ދިވެހިންގެ ދަށުން މަސައްކަތްކުރާނެ ބިދޭސީންނަށް ކޯޓާގެ ދަށުން ފުރުސަތު ލިބެން ޖެހޭ - އާޒިމް
އާޒިމް ވިދާޅުވީ ރާއްޖޭގެ މަސައްކަތްތެރިން މަދުވުމުން އިގްތިސާދު ދެމެހެއްޓުމަށް ބައެއް ދާއިރާތަކަށް ބިދޭސީ މަސައްކަތްތެރިން ބޭނުންވާ ކަމަށް
ބިދޭސީން މާރުކޭޓް ގޮޅީގައި މަސައްކަތް ކުރާ ނަމަ އެކަން ކުރަން ޖެހޭނީ ޤާނޫނުގެ ތެރެއަށް ފެތޭ ގޮތަށް ކަމަށް އާޒިމް ވިދާޅުވި

މާރުކޭޓް ގޮޅިތަކުގައި މަސައްކަތް ކުރާ ދިވެހިންގެ ދަށުން މަސައްކަތްކުރާނެ ބިދޭސީންނަށް ކޯޓާގެ ދަށުން ފުރުސަތު ލިބެން ޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށް މާލޭގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

Advertisement

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ބިދޭސީން މާރުކޭޓްގެ ގޮޅިތަކުގައި ތިބުމަކީ ޚިޔާލުތަފާތުކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން ބައެއް އާއްމުން އެދެނީ ބިދޭސީންނަށް ގޮޅިތަކުގައި ތިބެވޭނެ މަގު ފަހިކުރުން ކަމަށް އާޒިމް ވިދާޅުވިއެވެ. ބައެއް ވިޔަފާރިވެރިންނަކީ އުމުރުން ދުވަސްވީ މީހުންކަމަށް ވުމާއި އެކު އެ މީހުންނަށް އެހީތެރިވުމަށް ބިދޭސީން ތިބުން އެދޭ ކަމަށެވެ. ސަބަބަކީ އެ މީހުންނަށް އެހީވާން ދިވެހިން ނުލިބުމާއި މާރުކޭޓުގައި ކުރަން ޖެހޭ މަސައްކަތް އެ މީހުންނަށް އުމުރުން ދުވަސް ވުމުގެ ސަަބަބުން އެކަނި ކުރެވޭ މިންވަރު ނުވުން ކަމަށް އާޒިމް ވިދާޅުވިއެވެ. ޤާނޫނާއި ޤަވާއިދަށް ހުރުމަތްތެރިވުން ވަރަށް މުހިންމު ކަަމަށާއި 100 މީހުން ތިބެފަ ކޮންމެ މީހަކަށް ގޮތެއް ހަމަޖައްސަ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ. ނަމަވެސް ބިދޭސީން މާރުކޭޓް ގޮޅީގައި މަސައްކަތް ކުރާ ނަމަ އެކަން ކުރަން ޖެހޭނީ ޤާނޫނުގެ ތެރެއަށް ފެތޭ ގޮތަށް ކަމަށާއި އެހެން ވިޔަފާރިތަކަށް ބިދޭސީން ގެނައުމަށް ކޯޓާ ލިބޭ ފަދައިން މާރުކޭޓުގައި ވިޔަފާރިކުރާ މީހުންނަށް ވެސް އެ ފުރުސަތު އޮންނަން ވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ބޭރުމީހުން ނެތީމަ ވަރަށް ދަތިވެއޭ އާޒިމް އޭ. ބޭރު މީހަކު ގެންނަން ކޯޓާ ހޯދަން ވާހަކަދައްކާދީބަލާށޭ. ކޮން ވިޔަފާރިވެރިއެއްތޯ ބިދޭސީން ނުގެންގުޅެނީ؟ ޖޫސް ވިއްކަން ވީމަ ވެސް ކެފޭގަވެސް ބިދޭސީން. މާރުކޭޓު ގޮޅީގަ ތިބެގެން ނުވާނެ އޭ ބުނާ މީހުން ގިނަ. ދުވަސްވީ މީހުން ބުނަނީ ދިވެހިން ނުލިބެއޭ. އެކަނި ފޮށިގަނޑެއް އުފުލާ ނުލެވެއޭ. ތަން ބަންދުކޮށްފަ ގޮސް އެއްޗެހި ގެންނަންވީހޭ. ބިދޭސީންނަކަށް ނޫން އެތަން ދޫކުރަނީ.
މާލޭގެ މޭޔަރ އާދަމް އާޒިމް

އާޒިމް ވިދާޅުވީ ރާއްޖޭގެ މަސައްކަތްތެރިން މަދުވުމުން އިގްތިސާދު ދެމެހެއްޓުމަށް ބައެއް ދާއިރާތަކަށް ބިދޭސީ މަސައްކަތްތެރިން ބޭނުންވާ ކަމަށެވެ. ނަމަވެސް އެކަން ކުރެވެން ޖެހޭނީ ޤާނޫނާއި އެއްގޮތަށް ކަމަށް އާޒިމް ވިދާޅުވިއެވެ. މާރުކޭޓްގައި ވިޔަފާރިކުރާ މީހުން ވިޔަފާރިކުރާ އިރު ލިބޭ ފައިސާ ވަންނަން ޖެހޭނީ ގޮޅި ލިބިފަ ހުރި މީހާގެ އެކައުންޓަށް ކަމަށާއި، ޓެކްސްތައް ބަރާބަރަށް ދައްކަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް