ކ. މާލެ
|
30 އޯގަސްޓް 2024 | ހުކުރު 13:26
ހުކުރު ނަމާދުގެ ތެރެއިން
ހުކުރު ނަމާދުގެ ތެރެއިން
ހުކުރު ހުތުބާ
ދީނަށް ހިދުމަތް ކުރުމަކީ ހާޖަތްތައް ފުއްދަވާދެއްވާ މޮޅިވެރިކަން ފިއްލަވާ ކަމެއް - ހުތުބާ
ދީނާ އެއްގޮތަށް ޢަމަލުކުރުމަކީ މުޅި ހަޔާތް ބާއްޖަވެރިވާނެ ކަމެއް ކަމަށް ހުތުބާގައިވޭ
ހައްދުފަހަނައަޅާފައިވާ އިންސާނާ އަށް އޭނާ އަށް ޖެހިފައިވާ މުސީބާތުގެ މައްޗަށް ދެރަވެ ރުއިމަށް ހުތުބާގައި ވަނީ ގޮވާލާފަ
ﷲ ހަނދުމަކުރުމުގެ ވާހަކަތައް އަޑު އަހާ ބަޔަކަށް ވުމަށާއި ލޮލަށް ފެންނަ ކަންކަމުން އިބުރަތް ހާސިލްކުރުމަށް ވެސް ހުތުބާގައި ވަނީ ބުނެފަ

ދީނަށް ޙިދުމަތް ކުރުމަކީ ބާއްޖަވެރިކަމުގެ އަސާސްކަމަށާއި އެކަމުގެ ސަބަބުން ހާޖަތްތައް ފުއްދަވާދެއްވާ މޮޅިވެރިކަން ފިއްލަވާ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

އަމިއްލަ ނަފްސާސް ތަގުވާވެރިވުމަށް ހުތުބާގައި ވަނީ ވަސިއްޔަތްކޮށްފައެވެ. ކުށުގެ ވެށްޓަށް ވަދެ އެއިން ސަލާމަތް ނުވެވިފައިވާ މީހުން ހަވާނަފުސުގައި ލަގަން އެޅުވުމަށް ހުތުބާގައި ވަނީ އިރުޝާދު ދީފައެވެ. އަދި ފާފަތަކަށް އަރައިގަތުމާއި މެދު ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ވަނީ ގޮވާލާފައެވެ. ދުނިޔޭގެ ހަޔާތަކީ ކުޑަ ދުވަސްކޮޅެއް ކަމަށާއި އާފިލުކަމާއި ނިދީގައި ތިބެވެނީ ކިތަށް އަހަރުކަން ހިތަށް ގެންނަން ޖެހޭ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ. ހަވާ ނަފްސު ކޮންޓްރޯލްކޮށް އޭގެ މައްޗަށް ބާރު ފޯރުވައިފި މީހަކީ ވަރުގަދަ ފަހުލަވާނެއް ކަމަށް ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ.

ހައްދުފަހަނައަޅާފައިވާ އިންސާނާ އަށް އޭނާ އަށް ޖެހިފައިވާ މުސީބާތުގެ މައްޗަށް ދެރަވެ ރުއިމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. އުމުރު ފަނާވުމަށް ފަހު އިއާދަ ނުވާނެ ކަމަށާއި އިންސާނާގެ ބޯ ނުރަވުމަކީ ވެސް މަރު ކައިރިވާކަން ހަނދާންކޮށްދޭ ކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

އިންސާނިއްޔަތު ހަލާކުން މިންކުލޮށްދީ ޝަރަފުވެރިކަމުގެ އެންމެ އުހަށް ފޯރުކޮށްދެނީ އިސްލާމް ދީންކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އިސްލާމްދީނުގައި ހުރީ މުޅިންވެސް އަދުލުވެރި ޙުކުމްތައް ކަަމަށް ހުތުބާގއި ވަނީ ބުނެފައެވެ. އަހަރުމެން މިތިބީ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ދުވަސްވަރަކަށް އާދެވިފަ ކަމަށާއި ދީނަށް ނަސްރުދިނުމުގެ އަމަކީ ހިއްސާ އަދާކުރަން ވިސްނަން ޖެހޭ ކަމަށް ހުތުބާގައިވަނީ ގޮވާލާފައެވެ. މިއަދު މުސްލިމުންގެ ލެޔަކީ ކަނޑުގެ ލޮނަށް ވުރެ އަގު ހެޔޮ އެއްޗަަކަށް ވެފަވާ ކަަމަށް ހުތުބާގައިވެއެވެ. އިސްލާމްކަމުގެ ޗާޓު މިއަދު އޮތީ ކޮން ސައިޒެއްގަތޯ އަމިއްލަ ނަފްސާ ސުވާލުކުރަން ޖެހޭ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ދީނާ އެއްގޮތަށް ޢަމަލުކުރުމަކީ މުޅި ހަޔާތް ބާއްޖަވެރިވާނެ ކަމެއް ކަމަށް ހުތުބާގައިވެއެވެ. ސުންނަތް އަޅުކަންތައް އަދާކޮށް މައިންބަފައިންނަށް އިޚުތިރާމްކުރުމަށް ވެސް ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

އީމާންކަމުން ފުރިގެންވާ ހިތްތަކުގެ ވެރި ބަޔަކަށް ވުމަށް ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އަދި ﷲ ހަނދުމަކުރުމުގެ ވާހަކަތައް އަޑު އަހާ ބަޔަކަށް ވުމަށާޢި ލޮލަށް ފެންނަ ކަންކަމުން އިބުރަތް ހާސިލްކުރުމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ. ކުށްކުރުމަކީ އަހަރުމެން އެކަން ކުރާ ކަމެއް ނޫން ކަމަށާއި އިންސާނުންނަކީ ކުށަށް ހުށަހެޅޭ ބައެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ފާފައިގެ ސަަބަބުން ވޭން ލިބޭ ކަމަށާއި ކުށްތަކުން އަހަރުމެން ސަލާމަތްވެގެން ނުވާ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. ފާފަކުރުމަކީ އޭގެ ނާޖާއިޒް މަންފާ ހޯދަން ޝައިތާނާ އަށް ފުރުސަތު ދެވޭކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

މުސްލިމުން ދުނިޔެ އަށް ފޮނުއްވަނީ މަތިވެރި މަޤްސަދެއްގައި ކަމަށާއި ދުނިޔޭގައި އުޅުމުގެ ބޭނުމަކީ އެއީ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އިސްލާމް ދީނަކީ އުންމަތުގެ ފަޙުރު ކަމަށާއި މި ދީނުގެ ޝަރީއަތުން ޢިއްޒަތް ލިބި މުސްލިމުންގެ ސަފުތައް ބަދަހިވެ ހިތްތައް އެކުވެރިވާކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

- ކޮމެންޓް