ކ. މާލެ
|
29 އޯގަސްޓް 2024 | ބުރާސްފަތި 11:25
ލެވަކޫސަނަށް ބަދަލުވުމަށްފަހު މިކުއޭލޭ
ލެވަކޫސަނަށް ބަދަލުވުމަށްފަހު މިކުއޭލޭ
ގޯލް.ކޮމް
ބަޔާ ލެވަކޫސަން
މިކުއޭލޭ ލެވަކޫސަނަށް ބަދަލުވެއްޖެ
އެއްބަސްވުން ހަމަވުމުން، ދާއިމީ އެއްބަސްވުމެއްގެ ދަށުން މިކުއޭލޭ ހޯދޭ މާއްދާ އެއްބަސްވުމުގައި ހިމަނާފައެއް ނުވެ އެވެ.

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އައި ފްރާންސްގެ ނޯޑީ މިއުކޭލޭ، ޖަރުމަނުގެ ޗެމްޕިއަން ބަޔާ ލެވަކޫސަނަށް ބަދަލުވެއްޖެ އެވެ.

އުމުރުން 26 އަހަރުގެ ޑިފެންޑަރު ޕީއެސްޖީ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އާރްބީ ލައިޕްޒިގުގައި ހުރުމަށްފަހު، އޭނާ ޕީއެސްޖީ އަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭގެ ފަހުން އޭނާ ވަނީ 45 މެޗުގައި ޕީއެސްޖީ އަށް ކުޅެދީފަ އެވެ.

މިކުއޭލޭ ލެވަކޫސަނަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެއް އަހަރު ދުވަހުގެ އެ ލޯނު އެއްބަސްވުމުގެ މުއްދަތުގައި އޭނާގެ މުސާރަ ވެސް ކަވަރު ކުރާނީ ލެވަކޫސަން އިންނެވެ. ލޯނު އެއްބަސްވުން ހަމަވުމުން، ދާއިމީ އެއްބަސްވުމެއްގެ ދަށުން މިކުއޭލޭ ހޯދޭ މާއްދާ އެއްބަސްވުމުގައި ހިމަނާފައެއް ނުވެ އެވެ.

ފްރާންސްގެ ލަވަލް އިން ސީނިއާ ކެރިއަރު ފެށި މިކުއޭލޭ އަކީ ފްރާންސް ޤައުމީ ޓީމުގައި ވެސް ހިމެނުނު ކުޅުންތެރިޔެކެވެ. އެންމެ ފުރަތަމަ އޭނާ އަށް ފްރާންސް ޤައުމީ ޓީމުން ޖާގަ ލިބުނީ 2021 ވަނަ އަހަރު އެވެ. އެ އަހަރު އޭނާ ވަނީ ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ފްރާންސް އިން ފިންލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅެފަ އެވެ. އެހެން ނަމަވެސް، ކޮލިފިކޭޝަންގެ ފަހުން އޭނާ އަށް ޤައުމީ ޓީމުން ޖާގަ ލިބިފައެއް ނުވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް