Advertisement
ކ. މާލެ
|
27 އޯގަސްޓް 2024 | އަންގާރަ 12:55
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް
ރާއްޖެއެމްވީ
ޕްރޮސިކިއުޓަރ ޖެނެރަލް
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި
ރައީސް އޮފީހުން އެ ފުރުސަތު ހުޅުވާލާފައިވަނީ އަންގާރަ ދުވަހު
އަންގާރަ ދުވަހުން ފެށިގެން 11 ސެޕްޓެންބަރު 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވޭ
ޚަބަރުގެ އޯޑިއޯ

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައްވައިފިއެވެ.

ރައީސް އޮފީހުން އެ ފުރުސަތު ހުޅުވާލާފައިވަނީ އަންގާރަ ދުވަހުއެވެ.

މި މަގާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވާފައި ވަނީ އަންގާރަ ދުވަހުން ފެށިގެން 11 ސެޕްޓެންބަރު 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.

Advertisement

މި މަގާމަށްއެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 10 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހާއި 11 ސެޕްޓެންބަރު 2024 ވާ ބުދަ ދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

މަގާމަށް އެދި ހުށައަޅާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްhttps://www.presidency.gov.mvއިން ޑައުންލޯޑް ކުރެއްވޭނެއެވެ.

މި މަޤާމަށް މީހަކު ހޯދަމުންދަނީ ޕީޖީގެ މަޤާމުން ހުސައިން ޝަމީމް އިސްތިއުފާ ދެއްވާފައިވާތީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް