ކ. މާލެ
|
27 އޯގަސްޓް 2024 | އަންގާރަ 10:32
ސްވެން ގޯރަން އެރިކްސަން
ސްވެން ގޯރަން އެރިކްސަން
ގޯލް.ކޮމް
އިންގްލެންޑު ޤައުމީ ޓީމު
އިންގްލެންޑުގެ ކުރީގެ ކޯޗު އެރިކްސަން މަރުވެއްޖެ
މަރުވީއިރު، އެރިކްސަން ގެންދިޔައީ ކެންސަރަށް ފަރުވާ ހޯދަމުންނެވެ.

އިންގްލެންޑު ޤައުމީ ޓީމުގެ ކުރީގެ ކޯޗު ސްވެން ގޯރަން އެރިކްސަން މަރުވެއްޖެ އެވެ.

ސްވިޑަން އަށް ނިސްބަތްވާ އުމުރުން 76 އަހަރުގެ އެރިކްސަން މަރުވެފައި ވަނީ ހޯމަ ދުވަހުގެ ވަގުތެއްގަ އެވެ. މަރުވީއިރު، އެރިކްސަން ގެންދިޔައީ ކެންސަރަށް ފަރުވާ ހޯދަމުންނެވެ.

ކޯޗިން ކެރިއަރުގައި ގިނަ ކުލަބުތަކަަށް އިރުޝާދު ދީފައިވާ އެރިކްސަން އޭނާގެ ކޯޗިން ކެރިއަރު ފެށީ 1977 ވަނަ އަހަރު އެވެ. އެރިކްސަން އިރުޝާދު ދީފައިވާ ކުލަބުތަކުގެ ތެރޭގައި ބެންފީކާ، ރޯމާ، ފިއޮރެންޓީނާ، ލާޒިއޯ، މެންޗެސްޓަރ ސިޓީ އަދި ލެއިސްޓަރ ސިޓީ ފަދަ ކުލަބުތައް ހިމެނެ އެވެ.

އިންގްލެންޑުގެ ޤައުމީ ޓީމުގެ ކޯޗުކަމަށް އެރިކްސަން ހަމަޖެއްސީ 2001 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ 2006 ވަނަ އަހަރާ ހަމައަށް އިންގްލެންޑު ޤަައުމީ ޓީމަށް އިރުޝާދު ދީފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން އިންގްލެންޑު ވަނީ 67 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 40 މެޗުން މޮޅުވެފަ އެވެ. 17 މެޗު އެއްވަރުވެފައިވާއިރު، 10 މެޗުން ވަނީ ބަލިވެފަ އެވެ.

ކޯޗިންގެ ކުލަބު ކެރިއަރުގައި އެރިކްސަން ވަނީ ޖުމުލަ 18 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް