Advertisement
ކ. މާލެ
|
27 އޯގަސްޓް 2024 | އަންގާރަ 10:36
އެމްޑީޕީގެ އެސްއެމްއީ ކޮމިޓީގެ މުގައްރިރު ރިޔާޒު މަންސޫރު
އެމްޑީޕީގެ އެސްއެމްއީ ކޮމިޓީގެ މުގައްރިރު ރިޔާޒު މަންސޫރު
ރާއްޖެއެމްވީ
ސަރުކާރުގެ ހާލަތު
ފެހި ސިގްނަލްގައި ވަޑައިގެން 100 ދުވަސްވި ފަހުން ރަތްބޮކި ދިއްލި ގޯސްކުރުވަން އުޅެނީ ކުރީ ސަރުކާރު - ރިޔާޒު މަންސޫރު
ވެރިކަމަށް ވަޑައިގެން ފުރަތަމަ 100 ދުވަހު ކުރި ކަންކަމަށް ބަލާއިރު، ދަރަނީގެ ވާހަކައާއި ދަތިކަމުގެ ވާހަކައާއި މާލީ ވާހަކައެއްވެސް ނުދައްކަވާ
ފެހިބޮކި ރަތަށް ބަދަލުވެ ކުއްލިއަކަށް ދަރަނީގެ ވާހަކަ ދެކެވި ކުރީ ސާރުކާރުގެ ވާހަކަ ދެކެވުނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ފެހި ސިގްނަލްގައި ވަޑައިގެން 100 ދުވަސްވި ފަހުން ރަތްބޮކި ދިއްލި ގޯސްކުރުވަން އުޅެނީ ކުރީ ސަރުކާރު ކަމަށް އެމްޑީޕީގެ އެސްއެމްއީ ކޮމިޓީގެ މުގައްރިރު ރިޔާޒު މަންސޫރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޕެނަލް ޑިސްކަޝަން ހަވަރުބެރުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ އެސްއެމްއީ ކޮމިޓީގެ މުގައްރިރު ރިޔާޒު މަންސޫރު ވިދާޅުވީ ރައީސް މުއިއްޒު ކެންޑިޑޭޓަކަށް ހުންނެވި އިރު މުޅިންވެސް ލިބުނީ ފެހި ސިގްނަލް ކަމަށެވެ. ދަރަނީގެ ވާހަކަ ދައްކަވާފައި އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށް ވިދާޅުވަމުން ގެންދެވި ކަމަށެވެ. އެއްވެސް މައްސަލައެއް ނެތި ވަރަށް ޔަގީންކަމާއެކު ވަޑައިގެންނެވި ކަމަށާއި، އެނޫން ސިނާރިއޯއެއްވެސް ނެތް ކަމަށެވެ.

Advertisement

ނަމަވެސް ވެރިކަމަށް ވަޑައިގެން ފުރަތަމަ 100 ދުވަހު ކުރި ކަންކަމަށް ބަލާއިރު، ދަރަނީގެ ވާހަކައާއި ދަތިކަމުގެ ވާހަކައާއި މާލީ ވާހަކައެއްވެސް ނުދައްކަވާ ކަމަށެވެ. ދައްކަވަމުން ގެންދެވީ އެއަރ އެމްބިއުލާންސްގެ ވާހަކައާއި، އާސަންދައިން ބެންކޮކަށާއި، ދުބާއީއަށް ލިބޭނެ ވާހަކަ ކަމަށެވެ. ދެން ދެއްކެވީ 35 މިލިއަން ޑޮލަރު ދީފައި ޑްރޯން ގަތް ވާހަކަ ދެއްކެވި ކަމަށާއި، އެކުވެރި އިންޑިއާއަށް 50 މިލިއަން ޑޮލަރު ދައްކަން ނުޖެހޭ އިރުވެސް ދެއްކި ކަމަށެވެ.

4 މަހުން ނިންމާނެކަމަށް ބުނި ރަސްމާލެ އަދިވެސް ނުނިމޭ. އެހެންނަމަވެސް މިއީ މި ބޭފުޅުން ދެއްކި ހުވަފެންތަކަކީ. އެއިރު އެއްވެސް ގޮތަކަށް ފަހުމެއް ނުވޭ ކޮންކަހަލަ ހާލަތެއްކަން އޮތީ. ވިދާޅުވެ ދަރަނީގެ އެއްވެސް މައްސަލައެއް ނެތޭ ހޮވުމުގެ ކުރިންވެސް ފަހުންވެސް. ފުރަތަމަ 100 ދުވަސް ފަހުން އަހާލެވޭ ފައިސާކޮޅު ލިބިއްޖެތޯ. އެހިސާބުން ފެހިބޮކި ރަތަށް ބަދަލުވެ ކުއްލިއަކަށް ދަރަނީގެ ވާހަކަ ދެކެވި ކުރީ ސާރުގެ ވާހަކަ ދެކެވުނީ. މުޅިންވެސް މިހާރު މިއޮތީ ކުރީ ސަރުކާރު. އެއީ އެހިސާބަށް ކަންވެފައި އޮތް ހިސާބަކީ.
އެސްއެމްއީ ކޮމިޓީގެ މުގައްރިރު ރިޔާޒު މަންސޫރު

ފެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވީ އިގްތިސާދީ މާބޮޑު ދަތިކަމެއް ނެތް ކަމަށެވެ. މިއުޅެނީ ވެރިކަމުގައި ތިބި މީހުންގެ ނާގާބިލުކަމާއި، ގައުމެއްގެ ގޮތުގައި ގައުމެއް ހިންގުމުގެ އެއްވެސް ކަހަލަ ތަޖުރިބާއެއް ނެތިގެން ކަމަށެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރަކީ މިއަދުގެ ސަރުކާރުގެ އެއް ބައިވެރިއެއް. މީގެން ދޭހަވަނީ މިބޭފުޅުންގެ ބައިވެރިންގެ ވެސް ނެތްކަން އަމާޒެއް. ހަމަ އަމާޒު ލާހޫރޭކަން މިއޮތީ. ދެން ސަރުކާރުގެ މާލީ ހިސާބުތައް، ކުރިން ހަފްތާއަކުން ހަފްތާއަކުން އާންމުކުރަމުން އަންނަ މާލީ ހިސާބުތައް އާންމު ނުކުރާތާ 60 ދުވަސް ވެއްޖެ. އެއަށްވުރެވެސް ގިނަ ދުވަސްވެއްޖެ. ގައުމުގެ ރިޒާވް ހުސްވެއްޖެ. ޑޮލަރު ރޭޓް ދެން މައްޗަށް ނުދާނެކަމަށް ވިދާޅުވިފަހުން ހުއްޓުމެއް ނެތި ދަނީ މައްޗަށް.
ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް

އަމީން ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުން ފުރަތަމަ ދެތިން މަސް ދުވަހުގެ ތެރޭގައި 200، 300 މިލިއަން ޑޮލަރު ހޯދާ ކަމަށާއި، ނަމަވެސް މި ސަރުކާރަށް 5 މިލިއަން ޑޮލަރު ހޯދުމުން އެވީކަމަށް ދެކޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް