ކ. މާލެ
|
26 އޯގަސްޓް 2024 | ހޯމަ 13:47
ރޯމާ އަދި އެމްޕޮލީ ކުޅުނު މެޗުގެ ތެރެއިން
ރޯމާ އަދި އެމްޕޮލީ ކުޅުނު މެޗުގެ ތެރެއިން
ގޯލް.ކޮމް
އިޓާލިއަން ލީގު
އެމްޕޮލީ އަތުން ރޯމާ ބަލިވެއްޖެ
ދެ ވަނަ މެޗުން ބަލިވެފައިވާއިރު، ރޯމާ އޮތީ 15 ވަނައިގަ އެވެ.

އިޓާލިއަން ލީގުގައި އެމްޕޮލީއާ ދެކޮޅާށް ކުޅުނު މެޗުން ރޯމާ ބަލިވެއްޖެ އެވެ.

ރޯމާގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އެ ޓީމު ބަލިވެފައި ވަނީ 2-1 އިންނެވެ. އިޓާލިއަން ލީގުގައި ރޯމާ އިން ކުޅުނު ފުރަތަމަ މެޗު އެއްވަރުވެފައިވާއިރު، ދެ ވަނަ މެޗުން މި ވަނީ ބަލިވެފަ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ވެސް އެމްޕޮލީންނެވެ. މެޗުގެ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އެމަނުއެލް ގިޔާސީ އެވެ. ދެ ވަނަ ހާފުގައި އެމްޕޮލީން އެ ޓީމުގެ ލީޑު ފުޅާ ކޮށްފައި ވަނީ ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް ލީޑު ފުޅާ ކޮށްދިނީ ލޮރެންޒޯ ކޮލޮމްބޯ އެވެ. މެޗުގައި އެމްޕޮލީން ދެ ލަނޑު ޖެހި ފަހުން، ރޯމާގެ ހަމައެކަނި ލަނޑު 80 ވަނަ މިނެޓުގައި ޖެހީ އެލްޑޯ އެވެ.

ދެ ވަނަ މެޗުން ބަލިވެފައިވާއިރު، ރޯމާ އޮތީ 15 ވަނައިގަ އެވެ. އެ ޓީމުގެ ދެ ވަނަ މެޗުގައި ނިކުންނާނީ ޔުވެންޓަސްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް