ކ. މާލެ
|
26 އޯގަސްޓް 2024 | ހޯމަ 11:58
މެޗުގައި ލަނޑު ޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ގޯލް.ކޮމް
ސްޕެނިޝް ލީގު
ދެ ވަނަ ހާފުގައި ޖެހި ލަނޑުތަކުން ރެއާލް މޮޅުވެއްޖެ
މޮޅާއެކު ރެއާލް ހަތަރު ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓު ހޯދައިގެންނެވެ.

ސްޕެނިޝް ލީގުގައި ރެއާލް ވަޔަޑޮލިޑްއާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑު މޮޅުވެއްޖެ އެވެ.

އައު ސީޒަންގެ ސްޕެނިޝް ލީގުގައި ރެއާލުން ކުޅުނު ފުރަތަމަ މެޗު ވަނީ އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުގައި އާދިއްތަ ދުވަހުގެ ރޭ ރެއާލް ވަޔަޑޮލިޑާ ދެކޮޅަށް ކުޅުނު މެޗު ރެއާލުން ކާމިޔާބު ކުރީ ދެ ވަނަ ހާފުގައި ތިން ލަނޑު ޖަހައިގެންނެވެ.

ދެ ވަނަ ހާަފު ފަށައިގެން ފަސް ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ ފެޑެރިކޯ ވަލްވާޑޭ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ރޮޑްރީގޯ އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، ރެެއާލްގެ ދެ ވަނަ ލަނޑު ޖެހީ ބްރަހިމް ޑިއާޒް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އެޑާ މިލިޓާއޯ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ރެއާލްގެ ފަހު ލަނޑު ޖެހީ ބްރެޒިލްގެ އެންޑްރިކް އެވެ. މިއީ ރެއާލަސް ބަދަލުވީ ފަހުން އެ ކުލަބަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ.

މޮޅާއެކު ރެއާލް ހަތަރު ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. ލީގުގައި ރެއާލްގެ ތިން ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ ލަސް ޕަލްމާސްއާ ދެކޮޅަށެވެ.

- ކޮމެންޓް