Advertisement
ކ. މާލެ
|
25 އޯގަސްޓް 2024 | އާދީއްތަ 22:58
ރައީސް އޮފީސް
ރައީސް އޮފީސް
އަންނަ ހަފްތާ ބުރާސްފަތި ބަންދުކުރުން
އަންނަ ހަފްތާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި
ބުރާސްތި ދުވަސް ބަންދުކުރަނީ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން
މިއަހަރު ގައުމީ ދުވަހާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތަފްސީލެއް ސަރުކާރުން މިހާތަނަށް ހާމައެއްނުކުރޭ

ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން 5 ސެޕްޓެންބަރު 2024 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

އާދިއްތަ ދުވަހު ރައީސް އޮފީހުން ބުނީ މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން 5 ސެޕްޓެންބަރު 2024 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ.

Advertisement

އަންނަ ހަފްތާގެ ބުރާސްފަތި ދުވަސް ސަރުކާރު ބަންދުކުރިއިރު، އޯގަސްޓް މަހުގެ 13 ވަނަ ދުވަސް ވެސް ސަރުކާރުން ވަނީ މޫސުން ގޯސްވުމާއި ގުޅިގެން ބަންދުކޮށްފައެވެ.

ގައުމީ ދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ. މިއަހަރު ގައުމީ ދުވަހާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތަފްސީލެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައިިނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް