Advertisement
ކ. މާލެ
|
25 އޯގަސްޓް 2024 | އާދީއްތަ 18:29
އޭޖީ އަހުމަދު އުޝާމް
އޭޖީ އަހުމަދު އުޝާމް
ރާއްޖެއެމްވީ
ޑޮލަރުގެ ތާށިކަން
ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ދައުލަތައް ދައްކަން ޖެހޭ ފައިސާ ޑޮލަރުން ދައްކަން ޖެހޭ ގޮތް ހަދަނީ
ސަރުކާރުން އަންދާޒާ ކުރަނީ މިގޮތުން އިތުރު 70 މިލިއަން ޑޮލަރު މި ގޮތުން ލިބޭނެއެވެ

ރާއްޖެ އަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލު ކުރަން ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ދައުލަތައް ދައްކަން ޖެހޭ ފައިސާ ޑޮލަރުން ދައްކަން ޖެހޭ ގޮތް ހެދުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލު ގެނައުމަށް ކެބިނެޓުން އާދިއްތަ ދުވަހު ނިންމައިފިއެވެ.

އާދިއްތަ ދުވަހު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓަރނީ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވީ، ތިން ދާއިރާ އަކުން ގާނޫނަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތައް ދައްކަން ޖެހޭ ފައިސާ ޑޮލަރުން ދައްކަން ޖެހޭ ގޮތައް ހެދުމާއި، ޑޮލަރުން މުސާރަ ދޭ ކުންފުނިތަކުން ޑޮލަރުން ޕެންޝަން ފައިސާ ދައްކާ ގޮތަށް ހަމަ ޖެއްސުމާއި، ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ޑޮލަރުން އިމްޕޯޓް ޑިއުޓީ ދައްކާ ގޮތައް ހަމަ ޖެއްސުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

Advertisement

އުޝާމް ވިދާޅުވީ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާތައް ކޮށް ވަރަށް އަވަހަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލު ތައް ގެނެސް މަޖިލީހަށް ސަރުކާރުން ހުށަހަޅާނެ ކަމަށެވެ.

ސަރުކާރުން އަންދާޒާ ކުރަނީ މިގޮތުން އިތުރު 70 މިލިއަން ޑޮލަރު މި ގޮތުން ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރ ޑރ. މުހައްމަދު ޝަފީގް މިއަދުގެ ނޫސް ކޮންފަަރެންސްގައި ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް