Advertisement
ކ. މާލެ
|
25 އޯގަސްޓް 2024 | އާދީއްތަ 19:04
އޭނާއަކީ މީގެ ކުރިންވެސް އެފަދަ މައްސަލައެއްގައި ތުހުމަތު ކުރެވުނު މީހެއް
އޭނާއަކީ މީގެ ކުރިންވެސް އެފަދަ މައްސަލައެއްގައި ތުހުމަތު ކުރެވުނު މީހެއް
ރާއްޖެއެމްވީ
ޓިކްޓޮކް
ދިވެހި ފިރިހެނަކު އަނެއްކާވެސް ޓިކްޓޮކްގައި އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓު ކުރަނީ
އޭނާއަކީ މީގެ ކުރިންވެސް އެފަދަ މައްސަލައެއްގައި ތުހުމަތު ކުރެވުނު މީހެއް
އޭނާގެ މައްސަލާގައި ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ކަންބޮޑުވުންވެސް ފާޅު ކުރަމުން

ދިވެހި ފިރިހެނަކު އަނެއްކާވެސް އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް ޓިކްޓޮކް ލައިވްގައި އިޖުތިމާއީ މިންގަނޑާ ޚިލާފު އަމަލުތައް ހިންގަމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އޭނާ ވަނީ އިޖުތިމާއީ މިންގަނޑާ ޚިލާފަށް ހެދުން އަޅައިގެން ޓިކްޓޮކްގައި ބަރަހަނާވުމާއި، މަސްތުވާތަކެތި ބޭނުން ކުރުމާއި، އެއް ޖިންސުން ގުޅުން ހިންގުން ފަދަ ކަންކަމަށް ހިތްވަރުދީ ވާހަކަ ދައްކާފައެވެ. އެކަމާ އެތައް ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އޭނާއަކީ މީގެ ކުރިންވެސް އެފަދަ މައްސަލައެއްގައި ތުހުމަތު ކުރެވުނު މީހެކެވެ.

Advertisement

އޭނާގެ މައްސަލާގައި ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ކަންބޮޑުވުންވެސް ފާޅު ކުރަމުންނެވެ.

މީސްމީޑީއާގައި އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް ވާހަކަ ދެއްކުމާއި، ހެދުން އެޅުމާއި، އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓު ކުރުން ފަދަ މައްސަލަތަކާ ގުޅިގެން މި ފަހުންވެސް ބައެއް މީހުން ހައްޔަރުކޮށް ތަހުގީގު ކޮށްފައިވެއެވެ. އެގޮތުން އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް ހެދުން އަޅައިގެން ޓިކްޓޮކް ވީޑިއޯ އާންމުކުރަމުން ދިޔަ މުހައްމަދު ނަބީލްގެ މައްޗަށް ދައުވާ ކުރަން ފޮނުވުމަށް މަޝްވަރާ ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް
27 އޯގަސްޓް 2024 | އަންގާރަ 15:58
އަލީމްގެ
ތީގެ ޒިންމާވެސް ނަގަންޖެހޭނީ ކުރީގެ ސަރުކާރުން ކަންނޭގެ