ކ. މާލެ
|
25 އޯގަސްޓް 2024 | އާދީއްތަ 15:57
ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖްގައި ފޮރުވައިގެން ޤަވާޢިދާއި ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81030 ނަގުދު ފައިސާ
ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖްގައި ފޮރުވައިގެން ޤަވާޢިދާއި ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81030 ނަގުދު ފައިސާ
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ވަގަށް ޑޮލަރު ބޭރުކުރަން އުޅުން
ބަންގްލަދޭޝް މީހަކު ރާއްޖެއިން ވަގަށް ބޭރުކުރަން އުޅުނު 81،000ށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން އަތުލައިގަނެފި
އެމީހާ ފައިސާ ފޮރުވާފައި ހުރީ އޭނާ ގެންދިޔަ ލަގެޖްގައި ކެލޮގްސް ކޯންފްލޭކްސް ޕެކެޓް ކޮށްފައި ހުންނަ ފޮއްޓެއްގެ ތެރޭގައި

ބަންގްލަދޭޝް މީހަކު ރާއްޖެއިން ވަގަށް ބޭރުކުރަން އުޅުނު 81،000 ށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން އަތުލައިގަނެފިއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި ފައިސާ އަތުލައިގަތީ ބަންގްލާ އެއަރލައިންސް އިން މާލެ އިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ދަތުރު ކުރަން އާދިއްތަ ދުވަހު އެއަރޕޯޓަށް ދިޔަ ބަންގްލަދޭޝްގެ ފަސިންޖަރެއްގެ އަތުންނެވެ.

ގަވައިދާ ޚިލާފަށް ރާއްޖޭން ބޭރަށް ފައިސާ ގެންދަން އުޅުނު އެމީހާ އަތުން އަތުލައިގަތް ޑޮލަރުގެ އަދަދު 81،030 އަށް އަރާ ކަމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނެފައިވެއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހާމަކުރި ފޮޓޯ އާއި ވީޑިއޯ އިން ފެންނަގޮތުން އެމީހާ ފައިސާ ފޮރުވާފައި ހުރީ އޭނާ ގެންދިޔަ ލަގެޖްގައި ކެލޮގްސް ކޯންފްލޭކްސް ޕެކެޓް ކޮށްފައި ހުންނަ ފޮއްޓެއްގެ ތެރޭގައެވެ. ފޮށީގެ ތެރޭގައި އޮތް އެލްމިނިއަމް އުރަ އޮފިޝަލުން އޭނާގެ ކުރިމަތީގައި ކެނޑިއިރު އެ އުރައިގެ ތެރޭގައި ޑޮލަރު ހުރީ ބައިބަޔަށް ވަކި ކޮށް ބޮނޑިބޮނޑިއަށް އަޅާ އެއިން ކޮންމެ ބޮނޑިއެއްގައި ނަން ޖަހާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް