Advertisement
ކ. މާލެ
|
25 އޯގަސްޓް 2024 | އާދީއްތަ 16:37
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޓްވީޓަރ
ރާއްޖޭގެ އިގްތިސާދީ ހާލަތު
މިވަގުތު ސިޔާސީ ހުރިހާ ލީޑަރުންގެ ޒިންމާ ވަރަށް ބޮޑު: ނަޝީދު
މާލީ ހާލަތު މި ހިސާބަށް ދިޔަ ގޮތާއި އަދި ވެދާނެ ކަމަށް ލަފާ ކުރެވޭ ގޮތް ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ
އިގްތިސާދީ މިހާލަތުން އަރައިގަތުމަށް އަމަލުކުރަން ރާވާފައިވާ ގޮތް ކިޔައިދޭންޖެހޭ

މިވަގުތު ސިޔާސީ ހުރިހާ ލީޑަރުންގެ ޒިންމާ ވަރަށް ބޮޑު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިމިވަނީ ބީއެމްއެލްގެ ރުފިޔާ ކާޑުން ކުރެވޭ ޑޮލަރު މުއާމާލާތްތައް ސަސްޕެންޑު ކޮށްލާފައިވަނިކޮށެވެ.

Advertisement

ނަޝީދު ވިދާޅުވީ މިވަގުތު ސިޔާސީ ހުރިހާ ލީޑަރުންގެ ޒިންމާ ވަރަށް ބޮޑު ކަމަށާއި، މާލީ ހާލަތު މި ހިސާބަށް ދިޔަ ގޮތާއި އަދި ވެދާނެ ކަމަށް ލަފާ ކުރެވޭ ގޮތް ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ ކަމަށެވެ. އަދި މިކަމުން އަރައިގަތުމަށް އަމަލުކުރަން ރާވާފައި އޮތް ގޮތް ސާފު ބަހުން ރައްޔިތުންނަށް ކިޔައިދިނުމަށް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

ރާއްޖޭގެ އިގްތިސާދު އޮތީ ވަރަށް ބޮޑު އަނދަވަޅެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެއެވެ. އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށާއި، ހަރަދު ކުޑަ ކުރުމަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމާއި، ސަރުކާރުގެ ވަޒީރުންނާއި، އިސްމަގާމުތަކުގެ ބޭފުޅުން ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، ބާއްވާ ހަފްލާތައް މަދެއް ނުކުރެއެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

މީގެ އިތުރުން ބީއެމްއެލްއަށް ޑޮލަރު ލިބުން ދަތިވެ، އާދިއްތަ ދުވަހު ބޭންކުން ވަނީ ކާޑުން ބޭނުންކުރެވޭ ޑޮލަރުގެ ލިމިޓު ދަށްކޮށް، ދިވެހި ރުފިޔާ ކާޑުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތް ހެދުމަށްފަހު އަލުން އެ ގަނައި ބަދަލު ބަދަލު ކޮށްފައެވެ. ކުއްލިއަކަށް މިބަދަލު ގެނައުމާ ގުޅިގެން ސަރުކާރާ ދެކޮޅަށް ގިނަ ބަޔަކު ވަނީ އަޑު އުފުލާފައެވެ. މިކަމުގެ ސަބަބުން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އުދަނގޫތައް ކުރިމަތިވެ، ކުދި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ކުރިމަތިވާނެ ކަމަށް ބުނެ ރައްޔިތުން ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް