ކ. މާލެ
|
25 އޯގަސްޓް 2024 | އާދީއްތަ 13:37
މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ގޯލް.ކޮމް
އިޓާލިއަން ލީގު
ދެ ވަނަ މެޗުން ޗެމްޕިއަން އިންޓަ މިލާަން މޮޅުވެއްޖެ
މޮޅާއެކު މިވަގުތު އިންޓަ މިލާން އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓު ހޯދައިގެންނެވެ.

އިޓާލިއަން ލީގުގަައި އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން ކުޅުނު ދެ ވަނަ މެޗުން އެ ޓީމު މޮޅުވެއްޖެ އެވެ.

ލީގުގައި އިންޓަ މިލާންގެ ފުރަތަމަ މެޗުގައި އެ ޓީމު ވަނީ އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ އިންޓަ މިލާން ވަނީ ލީސް އަތުން 2-0 އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިންޓަ މިލާން އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި އިންޓަ އަށް ލީޑު ނަގައިިދިނީ މަތެއޯ ޑާމިއަން އެވެ. އިންޓަގެ ދެ ވަނަ ލަނޑު މެޗުގެ ދެ ވަނަ ހާފުގައި ހަކަން ޗަަނޮގްލޫ ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ.

މޮޅާއެކު މިވަގުތު އިންޓަ މިލާން އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓު ހޯދައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް