ކ. މާލެ
|
25 އޯގަސްޓް 2024 | އާދީއްތަ 11:18
މެޗުގައި ލަނޑު ޖެހުމަށްފަހު ސިޓީގެ ކުޅުންތެރިޔަކު އުފާ ފާާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ސިޓީގެ ކުޅުންތެރިޔަކު އުފާ ފާާޅު ކުރަނީ
ގޯލް.ކޮމް
އިނގިރޭސި ޕްރިމިއާ ލީގު
ޗެމްޕިއަން ސިޓީ އަށް ހަތަރު ލަނޑުގެ މޮޅެއް
ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ސިޓީ މޮޅުވެފައިވާއިރު، މިވަގުތު އެ ޓީމު އޮތީ ލީގު ތާވަލްގެ އެއް ވަނަ މަގާމުގަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުން، ޗެމްޕިއަން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ އެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-1 އިންނެވެ. އެއީ މެޗުގައި އިޕްސްވިޗް ޓައުން އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެންނެވެ.

މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި އިޕްސްވިޗް ޓައުން އަށް ލީޑު ނަގައިދިނީ ސޭމީ ސްޒްމޯޑިކްސް އެވެ. އޭގެ ފަހުން މެޗުގެ 12 ވަނަ މިނެޓުގައި ސިޓީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އާލިން ހާލަންޑް އެވެ. އޭނާ އެ ލަނޑު ޖެހީ ސިޓީ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. ނަތީޖާ ހަމަހަމަ ކުރިތާ ދެ މިނެޓު ފަހުން ސިޓީ އަށް ލީޑު ނަގައިދިނީ ކެވިން ޑި ބްރޭނާ އެވެ.

ފުރަތަމަ ހާފުގައި ސިޓީގެ ތިން ވަނަ ލަނޑު ޖެހީ ވެސް ހާލަންޑް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޑި ބްރޭނާ އެވެ. ސިޓީގެ ހަތަރު ވަނަ ލަނޑު، މެޗުގެ 88 ވަނަ މިނެޓުގައި ޖަހައި ހާލަންޑް ވަނީ މެޗުގައި އޭނާގެ ހެޓްރިކް ހަމަކޮށްފަ އެވެ.

ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ސިޓީ މޮޅުވެފައިވާއިރު، މިވަގުތު އެ ޓީމު އޮތީ ލީގު ތާވަލްގެ އެއް ވަނަ މަގާމުގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް