ކ. މާލެ
|
25 އޯގަސްޓް 2024 | އާދީއްތަ 09:49
ޕީޖީ ހުސައިން ޝަމީމް ޖުޑިޝަރީ ކޮމިޓީގައި
ޕީޖީ ހުސައިން ޝަމީމް ޖުޑިޝަރީ ކޮމިޓީގައި
މަޖިލިސް
ޕީޖީ ވަކިކުރި މައްސަލަ
ޝަމީމް ވަކި ކުރަން ވޯޓު ނެގިއިރު އިސްތިއުފާ ސިޓީ ރައީސް އޮފީހުން އޮތީ ބަލައިގެންފައި
އަވަސް އަރުވާލައިގެން މަޖިލީހުން ނެގި ވޯޓާމެދު ސުވާލު އުފެދޭ

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވަކި ކުރަން ވޯޓު ނެގިއިރު އިސްތިއުފާ ސިޓީ ރައީސް އޮފީހުން އޮތީ ބަލައިގެންފައެވެ.

ޝަމީމް މަގާމުން އިސްތިއުފާ ދެއްވައިފައި ވަނިކޮށް އޭނާ މަޤާމުން ވަކިކުރުމުގެ މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓްގެ ބަހުސް މަރުހަލާ ނިންމާލާ ކޮމިޓީ ރިޕޯޓަށް ވޯޓަށް އަހާ އޭނާ މަގާމުން ވަކިކޮށްފައިވަނީ 22 އޯގަސްޓުގައެވެ.

ރައްޔިތުންގެ މަޖިލީހުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާ ގައި ޝަމީމް މަގާމުން ވަކި ކުރުމުގެ މައްސަލަ ކުރިއަށް ދިޔަ އިރު އޭނާ އިސްތިއުފާ ދެއްވި ޚަބަރު ރާއްޖޭގެ މީޑިއާ ތަކުންވެސް ވަނީ ކަވަރު ކޮށްފައެވެ.

ވޯޓު ނެގުމަށް ފަހު ވެސް އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ލިބިފައިވޭތޯ ސާފު ކުރުމަށް ގުޅުމުން ވެސް ސިޓީ ލިބިފައި ނެތް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދިން ކަމަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާ ގެ މެންބަރު ނާޒިމް އޭރު ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ޤާނޫނު ވަރަށް ސާފު ކަމަށާއި، ރައީސުލްޖުމްހޫރިއްޔާއަށް އިސްތިއުފާގެ ސިޓީ ލިބުމާއެކު ވަކިވީ ކަމަށެވެ. އެހެން ނަމަވެސް ރައީސް އޮފީހުން މަޖިލީހަށް އަދި ނާންގާ ކަމަށް ނާޒިމް އެރޭ ތަކުރާރުކޮށް ވިދާޅުވިއެވެ.

އެހެންނަމަވެސް އެ ސިޓީ ލިބިފައިވާކަމަށް ރައީސް އޮފީހުން އޭރު އޮތީ ޖަވާބުވެސް ދީފައެވެ. އެގޮތުން އެރޭ 21:06 ގައި ރައީސް އޮފީހުން އޮތީ އީމެއިލްގެ ޒަރިއްޔާއިން ރިޕްލައިވެސް ކޮށްފައެވެ.

އެހެންކަމުން އަވަސް އަރުވާލައިގެން މަޖިލީހުން ނެގި ވޯޓާމެދު ސުވާލު އުފެދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް