ކ. މާލެ
|
25 އޯގަސްޓް 2024 | އާދީއްތަ 09:54
ގަވައިދާ ހިލާފަށް ސެލޫން ހިންގަމުންދިޔަ މައްސަލައިގައި ޑީޕޯޓްކުރި މީހުން
ގަވައިދާ ހިލާފަށް ސެލޫން ހިންގަމުންދިޔަ މައްސަލައިގައި ޑީޕޯޓްކުރި މީހުން
އިމިގްރޭޝަން
ޤަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގަވައިދާ ހިލާފަށް ސެލޫންގެ ވިޔަފާރި ހިންގަމުން ދިޔަ ދެމީހަކު ހައްޔަރުކޮށް ޑީޕޯޓުކޮށްލައިފި
މިމަހުގެ 18 ގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ސުޝްމިތާ ދައުގޮދާ (ސުޒޫ)ވަނީ ހައްޔަރުކޮށްފައި، އޭނާ ޑީޕޯޓްކުރީ އަންގާރަ ދުވަހު ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ
ރިޓްސް އިސްކޮށް ހުރި ރަޖަނީ ޝްރެސްތާ (ރިޒް) ވެސް ވަނީ ހައްޔަރުކޮށް ޑީޕޯޓްކޮށްފަ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގަވާއިދާ ހިލާފަށް ސެލޫންގެ ވިޔަފާރި ހިންގަމުން ދިޔަ ދެމީހަކު ހައްޔަރުކޮށް ޑީޕޯޓުކޮށްލައިފިއެވެ.

އެކަން ހާމަކޮށް މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ހިއްސާކޮސްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ގަވާއިދާ ހިލާފަށް ސެލޫން ހިންގަމުންދިޔަ މައްސަލައިގައި ޑީޕޯޓު ކޮށްފައި ވަނީ ދެ ސެލޫން އެއް ހިންގުމުގައި އުޅުނު މީހުންނާއި އެ ސެލޫންތައް ހިންގުމުގައި އިސްކޮށް ތިބި މީހުން ކަމަށެވެ. އެގޮތުން އެ ދެ ސެލޫނަކުން ޖުމުލަ ހަ މީހުން ޑީޕޯޓްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ޑީޕޯޓްކޮށްފައިވާ މީހުންގެ ތެެރެއިން ހަތަރު ބިދޭސީންނަކީ ރިޓްޒް ބިއުޓީ ސެލޫންގެ ނަމުގައި ހިންގި ސެލޫންގެ މީހުންނެވެ. އެ ސެލޫން ހިންގުމުގައި އިސްކޮށް ހުރި ރަޖަނީ ޝްރެސްތާ (ރިޒް) ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އިމިގްރޭޝަނުން ބުނީ އެ 5 މި މީހުން އިމިގިރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ އޯގަސްޓު 11 ގައި ކަމަށެވެ. އަދި އެ އެންމެން ވެސް އޭގެ ދެ ދުވަސް ފަހުން ޑީޕޯޓު ކޮށްފައިވާ ކަމަށް އިމިގުރޭޝަނުން ވަނީ ބުނެފައެވެ.

އޭގެ ފަހުން މިމަހުގެ 18 ގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ސުޝްމިތާ ދައުގޮދާ (ސުޒޫ)ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ޑީޕޯޓްކުރީ އަންގާރަ ދުވަހު ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކާ ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންގެ ޓާސްކް ފޯސްގެ ކޮމްޕޮޒިޝަން އަށް ބަދަލުގެނެސް ބައެއް އިތުރު އިދާރާތައް ޓާސްކް ފޯސް އަށް އިތުރުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

- ކޮމެންޓް