ކ. މާލެ
|
24 އޯގަސްޓް 2024 | ހޮނިހިރު 17:48
ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްތަރ ޒީނާ ޒާހިރު
ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްތަރ ޒީނާ ޒާހިރު
ޕީއެސްއެމް
ޒީނާ އިސްތިއުފާދެއްވުން
ޕީއެސްއެމްގެ އެމްޑީ ޒީނާ ކުއްލި ގޮތަކަށް އިސްތިއުފާދެއްވައިފި
އޭނާ މަޤާމުން އިސްތިއުފާދެއްވި ސަބަބު އޭނާ ހާމަކުރައްވާފައެއް ނުވޭ
އޭނާ ވަނީ އިސްތިއުފާދެއްވާފައިވާކަން ރާއްޖެ އެމްވީ އަަށް އޭނާ ވަނީ ކަށަވަރުކޮށްދެއްވާފަ

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު އިސްތިޢުފާދެއްވައިފިއެވެ.

އޭނާ ވަނީ އިސްތިޢުފާދެއްވާފައިވާކަން ރާއްޖެ އެމްވީ އަަށް އޭނާ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އެހެންނަމަވެސް އޭނާ މަޤާމުން އިސްތިޢުފާދެއްވި ސަބަބު އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.

ޒީނާ ޕީއެސްއެމްގެ އެމްޑީކަމަށް އައްޔަންކުރުމަށް ފަހު މިއީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް އަންހެން ބޭފުޅަކު އައްޔަނުކުރެއްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށް ސަރުކާރުން ވަނީ އެއީ އަންހެނުންނަށް ސަރުކާރުން އިސްކަން ދޭ މިންވަރު ހާމަވާ ކަމެއް ކަމަށް ބުނެ ސަރުކާރުގެ މަޤްބޫލުކަން އިތުރުކުރުމަށް އެ ވާހަކަ ތަފާތު އެކި ޕްލެޓްފޯމްތަކުގައި ދައްކާފައެވެ. އެހެންނަމަވެސް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ޒީނާ އިސްތިޢުފާ ދެއްވާފައި ވަނީ އޭނާ އަށް މަސައްކަތް ކުރުމަށް އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ނުލިބުން ފަދަ މައްސަލަތައް ދިމާވަމުން ދިޔަ ދަނޑިވަޅެއްގައެވެ. އަދި ޕީއެސްއެމްގެ އިސް މަޤާމެއްގައި ކަނބަލަކު ހުރުމުން އެކަން ވެސް އޭނާ އަށް ގޮންޖެހުމަކަށް ވި ކަމަށް ނަން ހާމަކުރަން ބޭނުން ނުވާ މަސްދަރަކުން ވަނީ ރާއްޖެ އެމްވީ އަށް މައުލޫމާތުދެމުން ބުނެފައެވެ. އަދި ޒީނާ އަށް މަސައްކަތުގެ މާހައުލުގައި ފިއްތުންތަކާއި ކުރިމަތިލާން ޖެހުނު ކަމަށް ވެސް ރާއްޖެ އަށް މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ.

2006 ވަނަ އަހަރު މީޑިއާ ދާއިރާ އާއި ގުޅިވަޑައިގަތް ޒީނާ އަކީ މީޑިއާގައި ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ކަނބަލެވެ. އޭނާ ވަނީ މާކެޓިން މެނޭޖިންގެ ދާއިރާ އިން ޑިޕްލޮމާ ފެންވަރަށް ތައުލީމް ޙާސިލްކުރައްވާފައެވެ. އަދި އޭނާ ވަނީ 2020ވަނަ އަހަރު އެވިޑް ކޮލެޖުން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާސިލްކުރައްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް