Advertisement
ކ. މާލެ
|
23 އޯގަސްޓް 2024 | ހުކުރު 15:06
ސިނަމާލެ ބުރިޖު ލައިޓް ކައިރި - މިތަނުގައި ހިނގި އެކްސިޑެންޓުގައި 3 މީހަކަށް ދަނީ ފަރުވާ ދެމުން
ސިނަމާލެ ބުރިޖު ލައިޓް ކައިރި - މިތަނުގައި ހިނގި އެކްސިޑެންޓުގައި 3 މީހަކަށް ދަނީ ފަރުވާ ދެމުން
ރާއްޖެއެމްވީ
އެކްސިޑެންޓް
ބްރިޖު ލައިޓް ކައިރިން އެކްސިޑެންޓެއްވެ 3 މީހަކަށް ފަރުވާދެނީ
އެކްސިޑެންޓުގައި އަނިޔާވީ 2 ސައިކަލުގައި ތިބި 3 މީހަކަށް
2 މީހަކަށް ފަރުވާދެނީ އައިޖީއެމްއެޗްގައި އަދި އަނެއް މީހާއަށް ފަރުވާދެނީ އޭޑީކޭގައި
ޚަބަރުގެ އޯޑިއޯ

ސިނަމާލެ ބްރިޖު ކައިރިން އެކްސިޑެންޓެއްވެ 3 މީހަކަށް ފަަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ބްރިޖު ލައިޓް ކައިރިން ދެ ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފަތިހު 5:26 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

Advertisement

އަދި މި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ ތެރެއިން، އެތަނުން އެއް ސައިކަލް ދުއްވި 21 އަހަރުގެ ފިރިހެން މީހާ އާއި އެ ސައިކަލުގެ ފަހަތުގައި އިން 19 އަހަރުގެ އަންހެން މީހާއަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗްގައި ކަމަށެވެ. އަދި އަނެއް ސައިކަލު ދުއްވި 43 އަހަރުގެ ފިރިހެން މީހާ އަށް ފަރުވާދެމުންދަނީ އޭޑީކޭގައި ކަމަށް ފުލުހުން ބުނެއެވެ.

އަދި އެކްސިޑެންޓުގެ މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން ކަމަށްވެސް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް