Advertisement
ކ. މާލެ
|
22 އޯގަސްޓް 2024 | ބުރާސްފަތި 12:06
ކ ތިލަފުށީ މެރިން ޑޯ މެރިންވޯކްސް ސެންޓަރުގައި ހިނގި އަލިފާނުގެ ޙާދިސާ އާއި ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށްދަނީ
ކ ތިލަފުށީ މެރިން ޑޯ މެރިންވޯކްސް ސެންޓަރުގައި ހިނގި އަލިފާނުގެ ޙާދިސާ އާއި ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށްދަނީ
ރާއްޖެއެމްވީ
ތިލަފުށީގައި އަލިފާނުގެ ޙާދިސާއެއް
ތިލަފުށީ މެރީންޑޯ ވޯކްޝޮޕުގައި ރޯވި އަލިފާން، އެމްއެންޑީއެފް އެފްއާރުއެސްއިން ނިއްވާލައިފި
މެރީންޑޯ ވޯކްޝޮޕާ އިންވެގެންހުރި ގުދަންތަކަށް އަލިފާނުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ
އެކަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު، މިހާރު ދޫކޮށްލާފައިވޭ
އަލިފާން ކޮންޓްރޯލްވީ ހެނދުނު 09:46 ހާއިރު، އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 11:04 ހާއިރު

ކ.ތިލަފުށީގައި ހުންނަ މެރީންޑޯ ވޯކްޝޮޕުގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

އެކަމާ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ ބުރާސްފަތި ދުވަހުގެ ހެނދުނު 08:36 ހާއިރު ކަމަށެވެ.

Advertisement

ޙާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ. އަދި، ތިލަފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވެސް ވަނީ ތިލަފުއްޓަށް ގޮސްފައެެވެ. 

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި ވޯކްޝޮޕުގައި ރޯވި އަލިފާން އިތުރަށް ފެތުރިގެން ނުދާވަރަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންނަށް ކޮންޓްރޯލްކުރެވުނީ ހެނދުނު 09:46 ހާއިރުއެވެ. އަދި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 11:04 ހާއިރުއެވެ. 

ކ ތިލަފުށީ މެރިން ޑޯ މެރިންވޯކްސް ސެންޓަރުގައި އަލިފާނުގެ ޙާދިސާއެއް ހިނގުން - ރާއްޖެއެމްވީ

މި ހާދިސާގައި މެރީންޑޯ ވޯކްޝޮޕާ އިންވެގެންހުރި ގުދަންތަކަށް އަލިފާނުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެކަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު، މިހާރު ދޫކޮށްލާފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް